5 ޖަނަވަރީ 2025 - 04:17 1
ލީވާން އަލީ ނާސިރު
އެފްއެސްއެމްގެ ތެޔޮ ބޯޓެއް ގއ. ނިލަންދޫ ފަރަށް އަރާފައި: ބޯޓުން ތެޔޮ ލީކު ވަމުންދާތޯ ބަލަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދިން -- ފޮޓޯ: ނިލަންދޫ ކައުންސިލް
5 ޖަނަވަރީ 2025 - 04:17 1
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ އުފުލާ ބޯޓެއް ގއ. ނިލަންދޫ ހުޅަނގު އުތުރު ފަރާތު ފަރަށް މިއަދު އަރައިފި އެވެ.
ނިލަންދޫ ކައުންސިލުގެ ރައީސް ނާސިހު އިބްރާހިމް "އަދަދު" އަށް ވިދާޅުވީ އެ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބުމާ އެކު އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގައި، މައުލޫމާތު ސާފު ކުރަމުންދާ ކަމަށެވެ.
"ބޯޓު ފަރަށް އެރިކަން އެނގުނީ ހެނދުނު އާންމު މީހަކަށް ފެނިގެން އެކަން ކައުންސިލަށް އެންގުމުން. އެމްއެންޑީއެފް އާއި ޕޮލިސްއަށް މިހާރު އަންގައިފިން،" އޭނާ ވިދާޅުވި އެވެ.
އެ ބޯޓުގައި ތިބި މީހުންނާ މުއާމަލާތް ކުރެވޭތޯ މަސައްކަތްކޮށް، އެއްވެސް ވަރަކަށް ތެޔޮ ލީކުވަމުންދާތޯ ވެސް ބަލަމުންދާ ކަމަށް ނާސިހު ވިދާޅުވި އެވެ. އަދި ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކޮށްގެން ބޯޓު ފުން ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްއެސްއެމްގެ ތެޔޮ އުފުލާ އެ ބޯޓަކީ އަތޮޅު ތެރޭގައި ރަށްތަކަށް ތެޔޮ ހިފައިގެން ދަތުރުކުރާ ބޯޓެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment