27 ޖަނަވަރީ 2025 - 05:27 2
މުހައްމަދު ޝަހްޒާން
ގެއްލިގެން ހޯދަމުންދާ ޗައިނާގެ ފަތުރުވެރިޔާ -- ފޮޓޯ: ފުލުހުން
27 ޖަނަވަރީ 2025 - 05:27 2
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އައި ޗައިނާ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ހޯދަމުން ދަނީ ސޫ ޒިއޯނިން ނަމަކަށް ކިޔާ ޗައިނާގެ އަންހެނެއް ކަމަށެވެެ. އޭނާ ރާއްޖެ އައިފަހުން އާއިލާއަށް ހަބަރުވެފައި ނުވާ ކަމަށް ބުނެ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރީ މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅުމާއެކު އޭނާއާ ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފުލުހުން ކުރަން ފެށި ކަމަށް އެ އިދާރާއިން ބުންޏެވެ. އެގޮތުން އެއްކުރި މައުލޫމާތުން، ސޫ ޒިއޯނިން ޓޫރިސްޓު ވިސާގައި ރާއްޖެއަށް އައިސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13، ގައި ކަމާއި ރާއްޖެއަށް އައިސް ހުރީ މާލޭގައިކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އޮކްޓޯބަރު 24، ގެ ހެނދުނު އެ ގެސްޓުހައުސްއިން ސޫ ޒިއޯނިން ޗެކްއައުޓްވެފައިވީ ނަމަވެސް ރާއްޖެ ދޫކޮށް އޭނާ ފުރައިގެން ގޮސްފައި ނުވާކަން މިހައިތަނަށް އެއްކުރި މައުލޫމާތު ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސޫ ޒިއޯނިން ހޯދަން މިހައިތަނަށް ކުރި މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް އަދި އުޅޭ ތަނެއް ވެސް ހޯދިފައި ނުވާ ކަމަށެވެ.
އެހެންކަމުން ސޫ ޒިއޯނިން އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ، ލަސްނުކޮށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު، 9911099 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހަސަންދީ(ލ)
2 months ago
އިހައްދުވަހު ޚަބަރުތަކުން ދުށިން ނަފްސާނީ ބަލިމަޑުކަމެއް ހުންނަ ޗައިނާގެ އަންހެން ފަތުރުވެރިއެއްގެ ވާހަކަވެސް! އެއީ ނޫންބާ؟
ހަސަންދީ(ލ)
2 months ago
ނޭނގޭނެ ކުރިމަތީ ހުއްޓަސް، ފާހަގަކޮށްލެވޭ ކަމެއް ޖެހޭނެ އާއިލާއިން ހިއްސާކުރަން. މިސާލަކަށް އަތުގެ މުލައްދަނޑީގައި ސެންޓުމީޓަރެއްވަރުގެ ލަފައެއް އިންނާނޭ، ކަނާތު ކުޑަވާއިނގި ތަންކޮޅެއް މިހެންނޭ އެހެންނޭ!
Comment