Advertisement

އަލްމުދިޝްގެ އެއް ލީޓަރުގެ ފުލްކްރީމް މިލްކު ޕެކެޓު ވީބީން ތައާރަފުކޮށްފި

27 ޖަނަވަރީ 2025 - 09:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަލްމުދިޝް އެއް ލީޓަރުގެ ކިރު ޕެކެޓް: މިއީ ދިވެހިންގެ ތެރޭގައި މަގުބޫލު ކިރެއް -- ފޮޓޯ: ވީބީ


އަލްމުދިޝްގެ އެއް ލީޓަރުގެ ފުލްކްރީމް މިލްކު ޕެކެޓު ވީބީން ތައާރަފުކޮށްފި

27 ޖަނަވަރީ 2025 - 09:33 0

ދިވެހީންގެ އިތުބާރު ލިބިފައިވާ އަލްމުދިޝް މަރުކާގެ ފުލްކްރީމް މިލްކު ޕެކެޓު ވީބީ ބްރަދާސްއިން ބާޒާރަށް ތައާރަފުކޮށްފި އެވެ.

އޮމާންގެ މި އުފެއްދުމަކީ ސާފު ގެރި ކިރުން އުފައްދާފައިވާ އަދި އެންމެ ރަނގަޅު ފެޓް އެކުލެވޭ އުފެއްދުމެކެވެ. ކްރީމީ ޓެކްސްޗާ އަކާއި މީރު ރަހައާއެކު، ޕްރޮޓީން، ކެލްސިއަމް، ވިޓަމިންގެ ބައިތައް ވެސް މި އުފެއްދުމުގައި އެކުލެވެ އެވެ.

މިއީ ގިނަ ދުވަސްތަކެއް ވަންދެން އާންމު ޓެމްޕަރޭޗަރުގައި ހަރުގައި ބެހެއްޓޭ، ރަހަ މީރު، އަދި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަނަލް މާއްދާތައް އެކުލެވޭ، އަގުގެ ގޮތުން ވެސް އަތް ފޯރާފަށުގައި ހުރި އުފެއްދުމެކެވެ.

ބުއިމަށް ބޭނުން ކުރުމުގެ އިތުރުން ކެއްކުމަށާއި، ބޭކިން އަށް ވެސް މި ކިރު ބޭނުން ކުރެވޭނެ އެވެ. އަދި އެއް ފަހަރު ބޭނުންކޮށްފައި، ފަހުން ބޭނުން ކުރަން ފްރިޖު ވެސް ކުރެވޭނެ އެވެ.

އަލްމުދިޝް މިލްކު ޕެކެޓުގެ މައިގަނޑު ސިފަތައް

މި އުފެއްދުން ތައްޔާރުކުރަން ބޭނުންކޮށްފައިވާ އަލްޓްރާ ހައި ޓެމްޕަރޭޗާ (ޔޫއެޗްޓީ) ފަރުވާގެ ސަބަބުން ކިރުގެ ފެންވަރަށް އުނިކަމެއް ނައިސް ތާޒާކަމާއި، އޭގައި އެކުލެވޭ ފައިދާއާއެކު ގިނަ މުއްދަތަކަށް ބެހެއްޓޭ މި ކިރަކީ ގުދުރަތީ ރަހަ ހިފެހެއްޓޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. އެއް ލިޓަރުގެ ޕެކްޓުގެ ސަބަބުން އާއިލީ ބޭނުންތަކާއި ވިޔަފާރީގެ ބޭނުންތަކަށް ގެންގުޅެން ފަސޭހަވެ އެވެ.

އަލްމުދިޝްގެ ހިކި ކިރު ވަނީ ދިވެހި އާއިލާތަކާއި ކެފޭ ރެސްޓޯރެންޓު، އަދި އެކި އުފެއްދުންތައް ތައްޔާރުކުރާ މީހުންގެ އިތުބާރު ހޯދައިފަ އެވެ. އެ ތަޖުރިބާއަށް ބަލައި ޕެކްޓު ކޮށްފައިވާ އެއް ލިޓަރުގެ ކިރު ވީބީން ތައާރަފު މި ކުރީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު، އުތުބާރު ލިބިފައިވާ އުފެއްދުމެއް ހޯދައި ދިނުމަށެވެ.

މި އުފެއްދުން ވީބީ މާޓުގެ ފިހާރަތަކުން އަދި ރާއްޖޭގެ ރީޓެއިލް ފިހާރަތަކުން ލިބޭނެ އެވެ. ހޯލްސޭލްކޮށް 285ރ. އަށް ކޭހެއް ވިއްކާއިރު، ރީޓެއިލްކޮށް ޕެކެޓެއް ވިއްކަނީ 28ރ. އަށެވެ.