ނާޒިމް ވިދާޅުވީ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓުކުރާ ބިލުގެ ވާހަކަ ނޫސްތަކުން އޮޅުވާލީ ކަމަށް

26 ޖަނަވަރީ 2025 - 15:10 2

އަހުމަދު އާއިދު

އ

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓުކުރާ ބިލުގެ ވާހަކަ ނޫސްތަކުން އޮޅުވާލީ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ނާޒިމް ވިދާޅުވީ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓުކުރާ ބިލުގެ ވާހަކަ ނޫސްތަކުން އޮޅުވާލީ ކަމަށް

26 ޖަނަވަރީ 2025 - 15:10 2

މީޑިއާތަކާއި އިންޓަނެޓު ރެގިއުލާޓު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުގެ ވާހަކަ ނޫސްތަކުން އޮޅުވާލާފައިވާ ކަމަށް އެ ބިލު ފަރުމާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ މަސައްކަތް މިހާރު އޮތީ ވަރަށް ފަހުގެ މަރުހަލާއެއްގައި ކަމަށް ނާޒިމް ވިދާޅުވީ "ސަން މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. މި ހަބަރު ނޫސްތަކުން ގެނެސްދޭން ފެށުމާއެކު ސަރުކާރުން ވަނީ އެއީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

އެ ގޮތުން ނާޒިމްގެ ވާހަކަތަކާ ގުޅުވާ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފު ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވީ އެފަދަ ބިލެއް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި ނުވާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފު ކުރުމުގެ ވިސްނުމެއްނެތް ކަމަށެވެ.

ހީނާގެ ޕޯސްޓަށް ފަހު ނެރުނު ބަޔާނެއްގައި ނާޒިމް ވިދާޅުވީ، އޭނާ ދެއްކި ވާހަކައިގެ ހަގީގީ މަހްފޫމް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ ދުވަހަކު ވެސް މީޑިއާއާ ދެކޮޅު މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާނެ މީހެއް ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެ އެވެ.

ނާޒިމް މިހެން ވިދާޅުވި ނަމަވެސް އޭނާގެ ބަޔާނުގައި ވެސް ހުރީ އިންޓަވިއުގައި ދެއްކި ވާހަކަތަކެވެ.

އެގޮތުން މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އިން އެއް މަސައްކަތްތަކެއް ކުރާ ކަމާއި އެ ދެ މުއައްސަސާ ނުހިނގާ ވާހަކައިގެ އިތުރުން ވަކި ދެ މުއައްސަސާއެއްގެ ގޮތުގައި ހިންގާތީ ދައުލަތުގެ ބަޖެޓަށް އަރާ ބުރަ ބަޔާނުގައި ވެސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ސޯޝަލް މީޑިއާ ރެގިއުލޭޓުކުރަން ޖެހޭ ކަމަށާއި އެ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުށްކުރުން އިތުރުވެފައިވާކަން ނާޒިމް ވަނީ ބަޔާނުގައި ތަކުރާރުކުރައްވާފަ އެވެ. ނަމަވެސް އެ ޕްލެޓްފޯމުތައް ބްލޮކް ކުރަން ނޭދޭ ކަމަށް ބަޔާނުގައި ވިދާޅުވި އެވެ.

"އެ މަންސަތައް ރެގިއުލޭޓް ކުރުމަކީ މުހިންމު ކަމެއްކަން ހުރިހާ ފަރާތްތަކުން ވެސް އެއްބަސްވެލައްވާނެ. އެއީ އެއްވެސް ހާލަތެއްގައި އެފަދަ މަންސައްތަ ބްލޮކްކޮށް ނުވަތަ މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމެއް ނޫން،" ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ބްލޮކް ކުރަން ނޭދާ ކަމަށް ބަޔާނުގައި ވިދާޅުވި ނަމަވެސް "ސަން" އަށް ދެއްވި އިންޓަވިއުގައި ނާޒިމް ވަނީ، އެމެރިކާގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓިކްޓޮކް" ބްލޮކް ކުރަން ޖެހުނީ ވެސް 'ކޮންމެވެސް ސަބަބުތަކެއް' ހުރެގެން ކަމަށް ވިދާޅުވެފަ އެވެ.

އޭނާގެ ބަޔާނުގައި އިތުރަށް ވިދާޅުވީ, ސޯޝަލް މީޑިއާ އަދި މީޑިއާތައް ރެގިއުލޭޓް ކުރެވޭނެ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭ ކަމަށާއި އެއީ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެކަން ކުރަމުންދާ ގޮތް ކަމަށެވެ. މިސާލަކަށް ނެންގެވީ އަޔަލެންޑުގެ އޮންލައިން ސޭފްޓީ ގާނޫނެވެ.

މީގެ އިތުރުން، މީޑިއާ މެދުވެރިކޮށް މައުލޫމާތު ގެނެސްދޭއިރު އެންމެންގެ މަސްލަހަތާއި އަބުރު ހިމާޔަތް ކުރެވެން ޖެހޭނެ ކަމަށާއި އެކަން ކަށަވަރުކުރެވޭފަދަ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ހަސަންދީ(ލ)

about 2 months ago

ހަޖަމެއްނުވާނެ މިސަރުކާރުގެ ވެރިންނަކަށް! މީ ވާހަކަ ނުދައްކާ ހިމޭނުންތިބޭނެ ޒަމާނެއްނޫން! ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިބެންޏާ ރައްޔިތުން ބަވާ ބެވުމާވެސް ޖެހޭނީ ހަވާލުވާން، ނޫނީ އިސްތިއުފާދީފަ ގެއަށްދޭ!

ނާޒިމްގެ ދޮން ދަރި

about 2 months ago

ނާޒިމް އެ ވާހަކަ އެ ދައްކަވަނީ ޖަޒުބާތުގައި ޖެހިގެން ކަމަށް ވެދާނެ. މީގެ ކުރިން މީޑިއާތަކުން ވަނީ ނާޒިމްއާ ގުޅޭ ގޮތުން ވަރަށް ހަޑިހުތުރު ވާހަކަތަކެއް ފަތުރާފައި، އެހެންވެ އެފަދަ ވާހަކަތައް ހުއްޓުވަން ބޭނުން ވަނީ ކަންނޭނގެ