26 ޖަނަވަރީ 2025 - 08:38 2
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
26 ޖަނަވަރީ 2025 - 08:38 2
އިންޓަނެޓާއި މީޑިއާތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ވެސް ރެގިއުލޭޓުކުރަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ދައުރު ފެށުމާއެކު މިފަދަ ބިލެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަން ނާޒިމް އިއުލާނުކުރެއްވީ "ސަން މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މި ޕްލެޓްފޯމުތައް ރެގިއުލޭޓުކުރުން ވެސް މަތިކުރާނީ ބިލުގެ ދަށުން އުފައްދާ މަލްޓި މީޑިއާ ކައުންސިލަކުން ކަމަށެވެ.
"ޓުވިޓަރާއި، އިންސްޓަގްރާމާއި، ޓިކްޓޮކާއި މިހެން ގޮސް މި އެއްޗެހިތައްވެސް ރެގިއުލޭޓުކުރެވެންޖެހޭ. މިހާރު ޓިކްޓޮކް އެމެރިކާގަ ބަންދުކުރާ ހިސާބަށް ވެސް އެދަނީ ހަމަ ސަބަބެއް އޮވެގެން ދެއްތޯ،" ނާޒިމް ވިދާޅުވި އެވެ.
ނޫސްތަކާއި މީޑިއާތައް އަދި ސޯޝަލް މީޑިއާތައް ރެގިއުލޭޓުކުރުމަށް އޭނާ އިސްނަގައިގެން ދިރާސާއެއް ކުރަމުންދާ ކަމަށާއި ބިލުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އިންޓަނެޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައްވެސް ރެގިއުލޭޓު ކުރެވޭނެ ގޮތެއް އެބަޖެހޭ ވިސްނަން. ސަބަބަކީ މިހާރު ވަރަށް ގިނަ ކުށް ކުރާ ވަސީލަތަކަށް އެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެބަ ބަދަލުވޭ. ޓެލެގްރާމް ޗެނަލްތައް ބޭނުންކޮށްގެން ކުށްކުރި ކަންތައްތައްވެސް އެބަހުރި [ފެނިފަ]،" ނާޒިމް ވިދާޅުވި އެވެ.
މި ބިލަށް ސަރުކާރާއި އިދިކޮޅު މަޖިލިސް މެންބަރުންގެ އިތުރުން ނޫސްތަކާއި ނޫސްވެރިންގެ ތާއީދު ލިބޭނެ ކަމަށްވެސް ނާޒިމް ގަބޫލުކުރައްވަ އެވެ. ނަމަވެސް ބިލުގެ މަސައްކަތް ނިމުމާ ގާތަށް ދިޔައިރުވެސް ނޫސްތަކުގެ ބަހެއް ހޯދާފައެއް ނުވެ އެވެ.
ސަރުކާރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއް މަނާކުރަން އުޅޭކަމަށް މި ފަހުން އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުވެސް ކިޔަމުންނެވެ.
މިއަޑުތަކާއެކު ސަރުކާރުން ވަނީ އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަވެސް ދީފަ އެވެ. ޖެނުއަރީ 15، ގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ވިދާޅުވީ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބްލޮކް ކުރަން ސަރުކާރުން ނުވިސްނާ ކަމަށާއި އެފަދަ މަޝްވަރާތަކެއް ވެސް ކޮށްފައިނުވާ ކަމަށެވެ.
"ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް. ސޯޝަލް މީޑިއާ އެއްވެސް ޕްލެޓްފޯމެއް ބްލޮކް ކުރަން ސަރުކާރަކުން ނުނިންމާ އަދި އެފަދަ މަޝްވަރާއެއް ވެސް ނުކުރޭ،" ހީނާ ވިދާޅުވި އެވެ.
0.00%
0.00%
66.67%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހަސަންދީ(ލ)
about 2 months ago
އެހާކުރީ ޒަމާނުގެ ދިދަފަދަ ތަކެތި އެހާ ފަސޭހައިން ފައްސާ ހެދިޔަކަސް މީކީ އެޒަމާނެއްނޫން. މިހާރުގެ ފަހާފޮށިތަކުން ދިދަ ފަހައިފިއްޔާ އެންމެނަށްވެސް ފެންނާނެ، ހުންނާނީ ސޯޝަލްމީޑިއާ ގުޅި ލާމެހިފަ. ދެން ނާޒިމުމެން މީ މުސްކުޅިންނެއްނު! ކަޓު ވިސްނުން އެހުންނަނީވެސް!
7ރޖރޖރ
about 2 months ago
ނޫސްތައް ކުރޭ.. ގިނަ ނޫސްވެރިންނަށް ދިވެހިބަހުގެ ބޮޑުގުޅަ ބަހެއްގެ ސުކުންވެސް ނޭނގެ.. ލަދުން ހަލާކު
Comment