Advertisement

ލ. ގަމުން ފޮނަދޫއަށް ދިޔަ އަންހެނަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ

25 ޖަނަވަރީ 2025 - 09:59 1

ލީވާން އަލީ ނާސިރު

ލ

Advertisement

އަންހެން މީހާއަށް ފުރައްސާރަކޮށް ފޯނު ޖަހައިގަންނަން އުޅުނު ފިރިހެން މީހާ: މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން.


ލ. ގަމުން ފޮނަދޫއަށް ދިޔަ އަންހެނަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ

25 ޖަނަވަރީ 2025 - 09:59 1

Advertisement

Advertisement

ލ. ގަމުން ފޮނަދޫއަށް ސައިކަލުގައި ދިޔަ ދިވެހި އަންހެނަކަށް ދިވެހި ދެ ފިރިހެނަކު ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ޖެނުއަރީ 5، ގައި އެ އަންހެން މީހާ ސައިކަލުގައި ދަނިކޮށް ދެ ފިރިހެނުން ވެގެން އެ އަންހެން މީހާއާ ދިމާކޮށް ގަދަކަމުން ފޯނު އަތުލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

Advertisement

"ދިވެހި ދެ ފިރިހެނަކު ދިމާކޮށް ގަދަކަމުން ފޯނު އަތުލަން މަސައްކަތްކޮށް، ހެލްމެޓް ނަގައި ވަލު ތެރެއަށް އެއްލާލާފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވޭ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

މައްސަލައިގައި ހިމެނޭ އަންހެން މީހާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ދެ ފިރިހެނުން ތަކުރާރުކޮށް އޭނާއަށް ފުރައްސާރަކޮށް ފޯނު ހަލާކުކޮށްލާނެ ކަމަށް ވެސް އިންޒާރު ދިން ކަމަށެވެ.

"އަހަރެންގެ ފޯނު ޖަހައިގަންނަން އުޅުނީ. އެކަން ކާމިޔާބުނުވީމަ ހެލްމެޓް ނަގައި އެއްލާލީ. އަހަރެންގެ އަތަށް ވަރަށް ތަދުވި ފޯނު ޖަހައިގަންނަން އުޅުނު ގަޑީގައި،" އެ އަންހެން މީހާ ބުންޏެވެ.

Advertisement

އެ އަންހެން މީހާ އިތުރަށް ބުނީ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން، އެ ދެ ފިރިހެނުން ތުހުމަތު ކުރީ އޭނާ އެ މީހުންގެ ސައިކަލުގެ ނަންބަރު ބޯޑު ހަލާކު ކޮށްލުމަށްފަހު ފިލަން އުޅުނު ކަމަށެވެ.

ނަމަވެސް އޭނާ ފޭސްބުކްގައި އާންމުކުރި ވީޑިއޯތަކުން އެ ދެ ފިރިހެނުން ދުއްވި ސައިކަލުގެ ނަންބަރު ބޯޑަށް ގެއްލުމެއް ލިބިފައިވާތަން ނުފެންނައިރު، އެ ދެ ފިރިހެނުންގެ ތެރެއިން އެކަކު އައިސް އެ އަންހެން މީހާގެ ފޯނު ޖަހައިގަންނަން އުޅޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

ފޭސްބުކްގައި އެ އަންހެން މީހާ ކެރިގެން އެފަދަ ޕޯސްޓު ޖެހުމުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ މައްސަލަ އިންސާފުވެރިކަމާ އެކު ތަހުގީގު ކުރަން ގޮވައިލަމުންނެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޒުއީމު

about 2 months ago

މިޤައުމުގައި މިައަދުގެ ހާލަތު އޮތްމިންވަރުން އިންސާފު ލިބޭނެކަމަށް ޤަބޫލުކުރުން ވެސް އެއީ ކުރެވޭ ކުއްހީއެއް ތިކަމެއް ނުވާނެ. ތިޔަ އަމަލު ހިންގި މީހުންނަށް ވާގިވެރިވާން ގައުމު ހިންގަން ހަވާލުވެތިބި އިސްވެރިން ތިބޭނެ މިއީ މި ޤައުމުގެ ހާލަތު