ރާޖަޕަކްސަގެ ދަރިކަލުން، ޔޮޝީތާ ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފި

25 ޖަނަވަރީ 2025 - 07:49 0

މުހައްމަދު ޝަހްޒާން

މ

ޔޮޝީތާ ރާޖަޕަކްސަ ހައްޔަރު ކުރި ވަގުތު -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް


ރާޖަޕަކްސަގެ ދަރިކަލުން، ޔޮޝީތާ ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފި

25 ޖަނަވަރީ 2025 - 07:49 0

އަވައްޓެރި ސްރީލަންކާގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، ޔޮޝީތާ ރާޖަޕަކްސަ ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ބޭރުގެ ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފައިވާގޮތުން ޔޮޝީތާ ހައްޔަރު ކޮށްފައި ވަނީ ރާޖަޕަކްސަގެ ވެރިކަމުގެ ދުވަސްވަރު، ސްރީލަންކާގެ ކަތަރަގަމަ ރިސޯޓުން ގެއެއް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލައިގައި ސްރީލަންކާގެ ކުރީގެ ރައީސް، ގޮޓަބަޔަ ރާޖަޕަކްސައާ ވެސް އެ ގައުމުގެ ފުލުހުން ވަނީ މިދިޔަ ހަފުތާގަައި ސުވާލުކޮށްފަ އެވެ. ގޮޓަބަޔައަކީ ޔޮޝީތާގެ ބޮޑު ބޭބެ އެވެ. ޔޮޝީތާއަކީ މަހިންދަ ރާޖަޕަކްސަގެ ތިން ދަރިކަލުންގެ ތެރެއިން ދެވަނައަށް ހުންނަ ބޭފުޅާ އެވެ.

ސްރީލަންކާގެ ފުލުހުން ޔޮޝީތާ ހައްޔަރު ކޮށްފައި މިވަނީ ރާޖަޕަކްސައަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ދިން ސެކިއުރިޓީ އިއާދަކޮށްދިނުމަށް އެދި ސުޕްރީމްކޯޓަށް ފަންޑަމެންޓަލް ރައިޓްސް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. މަހިންދަ ރާޖަޕަކްސައަށް ދޭ ސެކިއުރިޓީ ދަށް ކުރީ ސްރީލަންކާގެ ސަރުކާރު ބަދަލުވުމަށްފަހު މިދިޔަ މަހު އެވެ.

މިދިޔަ ނޮވެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ އަނޫރާ ކުމާރާ ޑިސަނަޔަކެ ހަވާލުވެވަޑައިގަތުމަށްފަހު ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން މަހިންދަ ރާޖަޕަކްސަގެ ދޮށީ ދަރިކަލުން، ނަމާލް ރާޖަޕަކްސައާ ވެސް އެ ގައުމުގެ ފުލުހުން މީގެ ކުރިން ވަނީ ގެއެއް ގަތުމުގައި ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.

ސްރީލަންކާގެ މިހާރުގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ ވެރިކަމަށް ވަޑައިގަތީ މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ހިންގާފައި ހުރި ކޮރަޕްޝަންތަކުގެ މައްސަލަތައް ބަލައި އެކަމުގައި ބައިވެރިވެފައިވާ އެންމެން ހައްޔަރު ކުރާނެ ކަމުގެ ރިޔާސީ ވައުދާއެކު އެވެ.