Advertisement

އައިލެންޑް އޭވިއޭޝަނުގެ ޗެއާމަނަކަށް ސްޓޭޓް މިނިސްޓަރު ޝަފީއު އައްޔަންކޮށްފި

24 ޖަނަވަރީ 2025 - 15:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އައިލެންޑް އޭވިއޭޝަން ޗެއާމަނަކަށް އައްޔަންކުރި ޝަފީއު : ޔާމީނުގެ ވެރިކަމުގައިވެސް އޭނާ މި މަގާމު އަދާކުރެއްވި --- ފޮޓޯ: އައިލެންޑް އޭވިއޭޝަން


އައިލެންޑް އޭވިއޭޝަނުގެ ޗެއާމަނަކަށް ސްޓޭޓް މިނިސްޓަރު ޝަފީއު އައްޔަންކޮށްފި

24 ޖަނަވަރީ 2025 - 15:52 0

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަން ޗެއާމަނަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އަހުމަދު ޝަފީއު އައްޔަންކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ކަމަށް ޝަފީއު އައްޔަންކުރިކަން އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އިއުލާނުކޮށްފަ އެވެ.

މިއީ އައިލެންޑް އޭވިއޭޝަންގެ ޗެއާމަންގެ މަގާމަށް ޝަފީއު އައްޔަންކުރި ދެވަނަ ފަހަރެވެ. ޕީއެންސީ ކޯލިޝަންގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް އެ މަގާމަށް ޝަފީއު އައްޔަންކުރެއްވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް މަހެއްހާ ދުވަސް ތެރޭގައި ޝަފީއު ވަނީ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރި އެވެ. އޭނާ އަދިވެސް ހުންނެވީ އެ މަގާމުގަ އެވެ.

ޝަފީއު އަކީ މީގެ ކުރިން ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޝަފީއު ވަނީ ފިޝަރީޒް މިނިސްޓަރުކަން ކުރައްވާފަ އެވެ.

އައިލެންޑް އޭވިއޭޝަނަށް އައު ޗެއާމަނެއް އައްޔަންކޮށްފައިވާއިރު އެ ކުންފުނި އޮތީ މާލީ ގޮތުން އުނދަގޫ ހާލަތެއްގަ އެވެ. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްގައި ހިންގާ އަދި އެންމެ ބޮޑު އަދަދަކުން ދަރާފައިވާ އެއް ކުންފުންޏަކީ އައިލެންޑް އޭވިއޭޝަން އެވެ.