23 ޖަނަވަރީ 2025 - 16:03 0
މުހައްމަދު ޝަހްޒާން
މަރްހޫމް ޝުއައިބުގެ ފޮތް ކްރިމިނަލް ކޯޓަށް ހަދިޔާ ކުރަނީ -- ފޮޓޯ: ކްރިމިނަލް ކޯޓު
23 ޖަނަވަރީ 2025 - 16:03 0
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު، މަރްހޫމް ޝުއައިބު ހުސައިން ޒަކަރިއްޔާ ލިޔުއްވާފައިވާ "ޢިލްމުލްއިޖްރާމު ވަލްޢިޤާބު" ފޮތް ކްރިމިނަލް ކޯޓަށް މިއަދު ހަދިޔާކޮށްފި އެވެ.
އެ ފޮތް ކްރިމިނަލް ކޯޓަށް ހަދިޔާ ކުރީ މަރްހޫމް ޝުއައިބުގެ އާއިލާއިންނެވެ. އެ ފޮތަކީ ކުށް ކުރުމާއި ކުށާމެދު މުޖުތަމައުއިން އަމަލު ކުރާ ގޮތުގެ މައްޗަށް ޝުއައިބު ލިޔުއްވާފައިވާ ފޮތެކެވެ.
މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ޝުއައިބު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިދިޔަ އާދީއްތަ ދުވަހު އެވެ.
ޝުއައިބު މަގާމުން އިސްތިއުފާ ދެއްވީ އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އޮކްޓޯބަރު 19، 2022 ގަ އެވެ.
އޭރު ފަނޑިޔާރުކަން ޝުއައިބު ކުރައްވަމުން ގެންދަވާތާ 23 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝުއައިބު އައްޔަނުކޮށްފައިވަނީ 2011 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment