Advertisement

މާލެ ހިމެނޭހެން ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފި

23 ޖަނަވަރީ 2025 - 12:29 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މޫސުން ގޯސް ދުވަހެއްގައި މާލޭގެ މަގުމަތިން މީހަކު ހުރަސް ކުރަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މާލެ ހިމެނޭހެން ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފި

23 ޖަނަވަރީ 2025 - 12:29 0

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މާލެ ސިޓީ ހިމެނޭހެން ބޮޑު ސަރަހައްދަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ޔެލޯ އެލާޓު ނެރެފި އެވެ.

މިއަދު މެންދުރު 2:30 އާ ހަމައަށް މެޓުން އެލާޓު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. މެޓުން ބުނީ މި ސަރަހައްދުތަށް މިއަދު ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. މޫސުން ބަދަލުވެ އިރުވައި ހަޅައިގެ މި ދުވަސްވަރަކީ އާންމުކޮށްވެސް ވައި ގަދަވެ ކަނޑުތައްވެސް ގަދަ ދުވަސްވަރެކެވެ.

މިވަގުތު މާލެ ވާރޭ ނުވެހުނު ނަމަވެސް ވައި ގަދަ އެވެ. އަދި އުޑުމަތީ އޮތީ ބަނަކޮށެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓުން ހެދުނު ނެރުނު ރިޕޯޓުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރައިގެ އަސަރުކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މޫސުމީ ބަދަލުތަކާއެކު އާންމުކޮށް ވެހޭ ވާރޭގެ މިންވަރު އިތުރުވެ، ފެންބޮޑުވެގެން ލިބޭ ގެއްލުންތައްވެސް މިހާރު ދަނީ އިތުރުވަމުންނެވެ. މި ފަހުންވެސް މާލޭގައި ފެންބޮޑުވެ އެތައް އުޅަނދަކަށާއި ގޭބިސީއަކަށް ގެއްލުންވި އެވެ.