Advertisement

އެފްއެސްއެމްގެ ބޯޑުން މަޖުބޫރުކުރުވައިގެން ދުވަސްވީ ވެރިންތަކެއް ރިޓަޔާކޮށްފި

22 ޖަނަވަރީ 2025 - 12:14 1

އަމަން ހަލީމް

އ

Advertisement

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑެއް: އެ ކުންފުނީގެ ތެލުން ވައްކަން ކުރި މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުން -- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އެފްއެސްއެމްގެ ބޯޑުން މަޖުބޫރުކުރުވައިގެން ދުވަސްވީ ވެރިންތަކެއް ރިޓަޔާކޮށްފި

22 ޖަނަވަރީ 2025 - 12:14 1

Advertisement

Advertisement

ސަރުކާރުގެ ވިޔަފާރި ކުންފުނި, އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ބޯޑުން މަޖުބޫރުކޮށްގެން, އެ ކުންފުނީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި ވެރިންތަކެއް ރިޓަޔާކޮށްފި އެވެ.

ނަން ނުޖަހާ ގޮޮތަށް މި ކަމުގެ މައުލޫމާތު "އަދަދު" އާ ހިއްސާކުރި މަސްދަރުން ބުނި ގޮތުގައި އެފްއެސްއެމްގެ ބޯޑުން އިސްތިއުފާ ދޭން އެންގުމާ ގުޅިގެން ތިން ޑިޕާޓްމަންޓެއްގެ ވެރިން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރިޓަޔާކޮށްފަ އެވެ.

Advertisement

ރިޓަޔާ ކުރި ވެރިންނަކީ އެޑްމިން ސްޓޭޝަން ހެޑު މުހައްމަދު ސައީދާއި އިންޖިނިއަރިން ހެޑު ޝާމިއު އަލީ އާއި ހިއުމަން ރިސޯސް ހެޑު ފާތިމަތު ޝައިލާ އެވެ. މީގެ ތެރެއިން ޝާމިއު އާއި ޝައިލާއަކީ އެފްއެސްއެމްގައި މަސައްކަތް ކުރާތާ 22 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުންތަކެކެވެ.

މި ނޫހަށް މައުލޫމާތު ދިން މަސްދަރުން ބުނީ މުހައްމަދު ސައީދަށް އިސްތިއުފާ ދޭން ބޯޑުން އެންގީ އޭނާ މަސައްކަތް ކުރަމުން އައި ޑިޕާޓުމަންޓު އުވާލާފައިވާ ކަމަށް ބުނެ އެވެ. ޝާމިއު އާއި ޝައިލާއަށް ބޯޑުން އެންގީ ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދިނުމަށެވެ.

ބޯޑުން މި އެންގުން އައުމުގެ ކުރިން, އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދިން ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ. އަދި މި ކަންކަން ފެށުނީ ސަރުކާރު ބަދަލުވެ, އާ މެނޭޖުމަންޓުން ކުންފުންޏާ ހަވާލުވީ ފަހުން ކަމަށް ވެސް އެ މީހާ ބުންޏެވެ.

Advertisement

އެފްއެސްއެމް ޑިޕާޓުމަންޓުތަކުގެ ވެެރިންގެ ވަޒީފާގެ އެއްބަސްވުންތަކުގެ ދަށުން, އެހެން މުވައްޒަފުންނާ ހިލާފަށް, ވަޒީފާއިން ވަކިކުރުމުގެ ބާރު ކުންފުނީގެ ބޯޑަށް ލިބެ އެވެ. މި އެންމެން ވެސް ރިޓަޔާ ކުރީ މި ގޮތް އިހުތިޔާރު ނުކޮށްފި ނަމަ ނުވަތަ އިސްތިއުފާ ނުދީފި ހާލަތެއްގައި ވަޒީފާއިން ވަކިކުރާނެ ކަމަށް ބޯޑުން އެންގުމާ ގުޅިގެންނެވެ.

އެފްއެސްއެމް ކައްޕިއެއްގެ އެކައުންޓުން 21 މިލިއަން ދައުރުކޮށްްފަ

މި ވައްކަމުގައި އިސް ރޯލެއް އަދާކުރި ކަމަށް ތުހުމަތުކުރެވޭ އެކަކަކީ ބާޖު ކައްޕިއެއް. އޭނާގެ އެކައުންޓުގައި ދައުރުކޮށްފައި ހުރި އަދަދަކީ އޭނާއަށް އަހަރެއްގެ ތެރޭގައި މުސާރައިގެ ގޮތުގައި ލިބޭ 420,000ރ. އަށް ވުރެ 50 ގުނަ އިތުރު އަދަދެއް.

އެފްއެސްއެމް ކައްޕިއެއްގެ އެކައުންޓުން 21 މިލިއަން ދައުރުކޮށްްފަ

މި ވައްކަމުގައި އިސް ރޯލެއް އަދާކުރި ކަމަށް ތުހުމަތުކުރެވޭ އެކަކަކީ ބާޖު ކައްޕިއެއް. އޭނާގެ އެކައުންޓުގައި ދައުރުކޮށްފައި ހުރި އަދަދަކީ އޭނާއަށް އަހަރެއްގެ ތެރޭގައި މުސާރައިގެ ގޮތުގައި ލިބޭ 420,000ރ. އަށް ވުރެ 50 ގުނަ އިތުރު އަދަދެއް.

މިކަމާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން އެފްއެސްއެމްގެ ބެލެނިވެރި ކުންފުނި, އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ މި އެންމެން ވެސް މަގާމު ދޫކޮށް ވަޑައިގަތީ ދެ ފަރާތުން އެއްބަސްވެވިގެން ރިޓަޔަމަންޓު ޕެކޭޖެއް ނަންގަވައިގެން ކަމަށެވެ.

އެފްއެސްއެމްގެ ބޯޑުގެ މަޖުބޫރުކުރުންތަކާއެކީ ވެރިންތަކަކަށް އިސްތިއުފާ ދޭން ބޯޑުން މަޖުބޫރުކުރިއިރު, އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހައިލް ވެސް ވަނީ މިދިޔަ ނޮވެމްބަރުގައި އިސްތިއުފާ ދެއްވާފަ އެވެ.

ސުހައިލު އިސްތިއުފާ ދެއްވީ އެފްއެސްއެމްގެ ތެލުން ވައްކަން ކުރި މައްސަލަތަކެއް ބަލަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އޭނާ އިސްތިއުފާ ދިނީ ވަކިކުރަން މަސައްކަތް ފަށާފައި ވަނިކޮށެވެ.

ސުހައިލުގެ އިސްތިއުފާއާ ވެރިންގެ އިސްތިއުފާއާ އެއްވެސް ގުޅުމެއް އޮއްތޯ ސުވާލުކުރުމުން މި ނޫހަށް މައުލޫމާތު ދިން މީހާ ބުނީ ސުހައިލުގެ ފަރާތުން ވެސް އެ މީހުންނަށް ފިއްތުންތަކެއް ކުރިމަތި ކުރުވި ކަމަށެވެ. ނަމަވެސް އެ ކަމުގެ ތަފުސީލުތަކެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އެފްއެސްއެމްގެ ތެލުގެ ވައްކަމުގެ މައްސަލަ މިހާރު ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މި ވައްކަމުގެ ތެރެއިން އެތައް ބަޔަކު މަންފާ ހޯދައި ނުހައްގު ތަނަވަސްކަން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭއިރު, މިކަމުގައި އަމަލީ ގޮތުން އިސްކޮށް އުޅެނީ ތެޔޮ ބާޖެއްގެ ކައްޕިއެއް ކަމަށް މީގެ ކުރިން "އަދަދު" އިން ވާނީ ރިޕޯޓުކޮށްފަ އެވެ.

ތެޔޮ ވަގަށް ވިއްކުމުގައި އިސްކޮށް އުޅުނީ ބާޖު ކައްޕި ކަމަށް ތުހުމަތުކުރެވުނަސް, މިކަން ކުރަމުން އައީ ވެރިންނަށް ބައިއަޅައިގެން ގިނަ ބަޔެއްގެ ބައިވެރިވުމާއެކީ ކަމަށް އެ ވައްކަމުގެ މައުލޫމާތު ދިން މަސްދަރުތަކުން ބުނެފައިވެ އެވެ. މި މައްސަލައިގެ ތެރެއިން އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

އެޑިޓަރުގެ ނޯޓު


މި ލިޔުން ފުރަތަމަ ޝާއިއުކުރިއިރު އިސްތިއުފާ ދިން ކަމަށް ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ބޯޑުގެ އެނގުމާ ގުޅިގެން ދެ ފަރާތުން އެއްބަސްވެވެގިގެން ރިޓަޔާ ކުރީ އެވެ. މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އެއްކަލަ ކަލޯ

about 2 months ago

އިންޒާރުގެ ބުންޒީލަ ދަނީ ގަދަވަމުން. ވަގުންގެ ވެރިކަން އިސްވެ، އުސޫލުން ބޭރުން ނުފޫޒުން ކަންކަން ކުރުމާ، ވާހަކަ ދައްކާ މީހާ ހައްޕު ކުރުވާ، ތަޖުރިބާއާ ތައުލީމުނެތް ސިޔާސީ މީހުންްގެ ތައްޕާހުގަ އުޅޭ މީހުން އަންނަނީ ގައުމަށް ވެރިވެ ގަންނަމުން.