ފާލު ބަލައި ކަހީނުކަން ކުރާ ކަމަށް ބުނެ އިޝްތިހާރު ކުރި މީހުން އަތުލައިގެންފި

22 ޖަނަވަރީ 2025 - 11:09 0

މުހައްމަދު ޝަހްޒާން

މ

އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން -- ފޮޓޯ: އިމިގްރޭޝަން


ފާލު ބަލައި ކަހީނުކަން ކުރާ ކަމަށް ބުނެ އިޝްތިހާރު ކުރި މީހުން އަތުލައިގެންފި

22 ޖަނަވަރީ 2025 - 11:09 0

ރަމަލު ޖަހައިގެންނާއި އަތް ބަލައިގެން ގައިބުގައިވާ ކަންކަން ހޯދައި ފަރުވާދޭ ކަމަށް ދައުވާކޮށް އެކަން ރާއްޖޭގައި އިޝްތިހާރު ކުރަމުންދިޔަ މީހުން އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ މައްސަލައިގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ އިންޑިއާގެ ތިން ރައްޔިތުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 39 އަހަރާއި 25 އަހަރުގެ ތިން ފިރިހެނުންނެވެ. އެ ތިން މީހުން ވެސް ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އިމިގްރޭޝަަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ ތިން މީހުން އަތުލައިގަތީ ފުލުހުންނާ ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

ފާލު ބަލައިގެން އެކިއެކި ކަންކަމަށް ހައްލު ހޯދައިދޭ ކަމަށް ބުނެ ކަހީނު ޕްރޮމޯޓު ކުރަމުންދިޔައީ މާސްޓާ ދުރްގާ ރާއޯ ގުރޫޖީ ކިޔާ ފޭސްބުކް ޕޭޖަކުންނެވެ. އެ ޕޭޖުގައި އޭނާއާ ގުޅޭ ނަންބަރާއެކު އޭނާ ދޭ ހިދުމަތްތައް ވެސް ޖަހާފައިވެ އެވެ.

އޭނާ ދޭ ހިދުމަތްތަކުގެ ތެރޭގައި ސިހުރުގެ ވަބާއިން ސަލާމަތް ކޮށްދިނުމާއި އެކިއެކި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދައިދިނުމުގެ އިތުރުން ވަރިކައިވެނީގެ މައްސަލަތައް ހައްލު ކޮށްދިނުމަށް އިސްތިރި ހަދައިދިނުން ހިމެނެ އެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ވެސް ހިންދޫ ދީނުގެ ކަހީނަކު ރާއްޖެއަށް އައިސް "ސްޕިރިޗުއަލް ހީލިން" ކްލާސްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވި އެވެ.

އެފަހަރު ވެސް އެ ކްލާސްތައް ފެށުމުގެ ކުރިން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ޑިޕޯޓު ކޮށްލައިފަ އެވެ.