22 ޖަނަވަރީ 2025 - 10:17 0
22 ޖަނަވަރީ 2025 - 10:17 0
ސްރީ ލަންކާގެ ނެގަމްބޯގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗްވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޓީމު ލަންކާ އަށް ގޮސްފި އެވެ.
މި މަހުގެ 24-26 އަށް ނެގަމްބޯގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ދެ ޕެއާ އާއި އަންހެން ދެ ޕެއާ ވާދަކުރާނެ އެވެ.
ފިރިހެން އެއް ވަނަ ޕެއާ އަކީ، ކާވާ ބީޗްވޮލީބޯޅަ މުބާރާތްތަކުން ރާއްޖެ އަށް ދެ ރަން މެޑަލް ހޯދައިދިން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އެވެ. ދެން ހިމެނޭ ފިރިހެން ޕެއާ އަކީ، މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ އެވެ.
ބީޗްވޮލީގައި ވާދަކުރާ އަންހެން ދެ ޕެއާ އަކީ، އަންހެން އެއް ނަމްބަރު ޕެއާ އަކީ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ) އެވެ. ދެން ވާދަކުރަނީ އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ޒީނިޔާ (ޒީ) ގެ ޕެއާ އެވެ.
ކާވާ ބީޗް މުބާރާތުގައި މި ފަހަރު ހަތް ގައުމެއްގެ ޓީމުުތައް ކުޅޭއިރު، 40 އަށް ވުރެ ގިނަ ކުޅުންތެރިން ފެނިގެންދާނެ އެވެ. މިއީ، މިހާތަނަށް ބޭއްވޭ ކާވާގެ ބީޗްވޮލީބޯޅައިގެ އެންމެ ވަރުގަދަ މުބާރާތަށް ވުމުގެ ފުރުސަތު ބޮޑެވެ. މި ފަަހަރުގެ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން، ދެން ވާދަކުރާ ގައުމުތަކަކީ، އިރާން، ބޫޓާން، ނޭޕާލް، ކިރްގިސްތާން އަދި ކަޒަކްސްތާން އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment