21 ޖަނަވަރީ 2025 - 18:10 0
21 ޖަނަވަރީ 2025 - 18:10 0
މެލްބާން، އޮސްޓްރޭލިއާ (ޖެނުއަރީ 21) - ފޯރިގަދަ މެޗަކުން ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިކޮށް ދުނިޔޭގެ އެއް ވަނަ، ނޮވަކް ޖޮކޮވިޗް، އޮސްޓްރޭލިއަން އޯޕަން ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ތިން ގަޑިއިރާއި 38 މިނިޓަށް ދިގުދެމިގެންދިޔަ މެޗުގައި އަނިޔާގެ ސަބަބުން، އުމުރުން 37 އަހަރުގެ ޖޮކޮވިޗް ފަރުވާ ވެސް ހޯދަން ޖެހުނުއިރު، އޭނާ މޮޅުވީ ފަހަތުން އަރަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 4-6 6-4 6-3 6-4 އިންނެވެ.
މެޗަށް ފަހު، ޖޮކޮވިޗް ބުނެފައިވަނީ، މިއީ މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ފެނިގެންދިޔަ ފިރިހެނުންގެ އެންމެ ވަރުގަދަ މެޗުކަމަށެވެ. އަދި މި މެޗުގައި ޖޮޮކޮވިޗަށް އަނިޔާގެ ކަންކަން ކުރިމަތިވެ، އަލުން މެޗަށް ފޯކަސްކޮށް ކުރިއަށްގެންދަން އެހީވެދިނުމުގައި އޭނާގެ ކޯޗަކަށް ހުރި އިނގިރޭސި ތަރި، އެންޑީ މަރޭ އަށް ޖޮކޮވިޗް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ދިހަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ރެކޯޑެއް ހަދާފައިވާ ޖޮކޮވިޗަށް މެޗުގައި އަނިޔާވީ ފުރަތަމަ ސެޓުގެ ފަހުކޮޅުގަ އެވެ. ފަރުވާ އަށް ފަހު ވަރުގަދަ ރޫހެއްގައި ޖޮކޮވިޗް ކުޅުނުއިރު، މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފިނަމަ، 25 ވަނަ ގްރޭންޑް ސްލޭމް ތަށި ހޯދަައި، ރެކޯޑެއް ހެދުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ.
"ނޮވަކް (ޖޮކޮވިޗް) އެ ފޯމުގައި ކުޅެފިނަަމަ، އޭނާ ބަލިކުރެވޭނެ ކުޅުންތެރިއަކު ހުންނާނެހެން ހިއެއްނުވޭ،" އަލްކަރާޒް ބުންޏެވެ.
ޖޮކޮވިޗްގެ އިތުރުން އޮސްޓްރޭލިއަން އޯޕަން ސެމީ ފައިނަލުން ދެން ޖާގަ ހޯދީ، ޖަރުމަނުގެ އަލެކްސަންޑާ ޒްވެރެވް އެވެ. އޭނާ ވަނީ ސެމީ ފައިނަލުގައި، އެމެރިކާގެ ޓޮމީ ޕޯލް އަތުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 7-6 (7-1) 7-6 (7-0) 2-6 6-1 އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment