Advertisement

ސަބަލެންކާ ބަލިކޮށް ރިބަކީނާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

about 2 hours 0


ސަބަލެންކާ ބަލިކޮށް ރިބަކީނާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

about 2 hours 0

މެލްބާން، އޮސްޓްރޭލިއާ (ފެބްރުއަރީ 1) - އަަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ތަށި، ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް އަރީނާ ސަބަލެންކާ ބަލިކޮށް އެލީނާ ރިބަކީނާ ހޯދައިފި އެވެ.

މިއީ، ކަޒަކްސްތާނަށް ނިސްބަތްބާ ރިބަކީނާގެ ކެރިއަރުގައި އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ތިން އަހަރު ކުރިން، ރިބަކީނާ ވަނީ ސަބަލެންކާ އަތުން ފައިނަލުގައި ބަލިވެފަ އެވެ. އެކަމަކު، މި ފަހަރުގެ ފައިނަލުގައި ރިބަކީނާ ވަނީ ބަދަލުހިފައި ރަނގަޅު މޮޅެއް ހޯދައިފަ އެވެ.

ސަބަލެންކާ އަތުން ރިބަކީނާ މޮޅުވިއިރު، މި މެޗުގެ ސެޓުތައް ދިޔައީ، 6-4 4-6 6-4 އިންނެވެ. ރިބަކީނާ އަތުން ފައިނަލާ ހަމައަށް ކުރި ދަތުރުގައި، މުޅި މުބާރާތުގައި ވެސް ގެއްލުނީ އެންމެ ސެޓެކެވެ.

ޓެނިސްގެ އަންހެން ރޭންކިންގައި، ބެލަރޫސަށް އުފަން ސަބަލެންކާ ވަނީ 75 ހަފްތާ ފުރިހަަމަކޮށްފަ އެވެ. އެކަމަކު، ހާޑް ކޯޓުގައި ރިބަކީނާއާ ދެކޮޅަށް ސަބަލެންކާ އަށް އޮތީ ދަށް ރެކޯޑެކެވެ. އެ ގޮތުން، މި ދެ ކުޅުންތެރިން ހާޑް ކޯޓުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވީ ރިބަކީނާ އެވެ.

މީގެ ކުރިން، ރިބަކީނާ ވަނީ 2022 ވަނަ އަަހަރު ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ، ފައިނަލުގައި، ޓިއުނީޝިއާގެ އޮންސް ޖަބޯ ބަލިކޮށްފަ އެވެ.