21 ޖަނަވަރީ 2025 - 09:31 0
ސާއިފް ޝިޔާދު
ވެރިކަން ކުރާ ޕީއެންސީއަށް ވަގަށް މީހުން ވެއްދުމަށް ފޯމު ފުރާ ސްޓޭޝަނެއް ޑީއެންއާރުގެ އޮފީހުގައި ގާއިމުކޮށްފައި ހުރިއިރު އެ އިދާރާގެ ވެރިޔަކަށް ހުންނެވި ހޯމް މިނިސްޓަރު އަލީ އިހުސާން އެތަން ސުޕަވައިޒް ކުރައްވަނީ. ވަގު ފޯމު ހުށަހެޅި ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައި ---
21 ޖަނަވަރީ 2025 - 09:31 0
ވެރިކަން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކުގެ މަސައްކަތް ކޮށްފައިވަނީ ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ރައްކާކޮށްފައި ހުންނަ ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ތެރޭގައި ކަމަށް ސަރުކާރުން އިއުތިރާފުވެއްޖެ އެވެ.
ވަގު ފޯމުތަކުގެ މައްސަލަ ފެންމަތިވެ ޑީއެންއާރާއި އެ އިދާރާގެ ބެލެނިވެރި މިނިސްޓްރީ ހޯމްލޭންޑް މިނިސްޓްރީއަށް ވަނީ އާންމުންގެ ނުރުހުން އަމާޒުވެފަ އެވެ. ލީކުވެފައިވާ ފޮޓޯތަކުން ފެންނަނީ ޕީއެންސީގެ ފޯމުތަކެއް ފުރުމުގެ މަސައްކަތް އެ ވުޒާރާގެ މުވައްޒަފުން ކުރަމުންދިޔައިރު އިހުސާން އެ ކޮޓަރީގައި ހުންނަވާ ތަނެވެ. އިހުސާނުގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ ވެސް އެތަނުގައި ހުންނެވި އެވެ.
މިއަދު ޑީއެންއާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދޭން މީޑިއާތަކަށް އެ އިދާރާއިން ދައުވަތު ފޮނުވި އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިން އެންމެ ގިނައިން އަމާޒުކުރި ސުވާލުތަކަކީ އެ ފޮޓޯތަކުން ފެންނަނީ ޑީއެންއާރުގެ މީޓިން ރޫމެއްތޯ ކަށަވަރު ކޮށްދިނުމަށެވެ. ލީކުވި ފޮޓޯތަކުން ފެންނަނީ އެތަން ކަމަށް ޑީއެންއާރުގެ ވެރިން މިއަދު އެއްބަސްވި އެވެ.
"މިނިސްޓްރީގެ ބިއުރޯއިން އެދިގެން މީޓީން ރޫމް އެ ދުވަހު ވަނީ ދޫކޮށްފައި. އެކަން ކުރި ކަމެއް [ނޭނގޭ]، މި ތަނުގެ ޕޭރެންޓް މިނިސްޓްރީއަކީ ހޯމްލޭންޑް. މިއީ މިނިސްޓްރީގެ ޑިޕާޓުމަންޓެއް," ޑީއެންއާރުއާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު އާލީ ނޫސްވެރިންގެ ކުރިމަތީގައި އިއުތިރާފުވި އެވެ.
ޕީއެންސީގެ މެންބަރަކަށް ވުމަށް ބޭނުންވާ ގިނަ އަދަދެއްގެ ފޯމުތަކުގެ އިތުރުން، އެ ފޯމުތަކަށް ބޭނުންވާ އާންމުންގެ ޕާސްޕޯޓު ސައިޒު ފޮޓޯތަކެއް ކަފާ މަންޒަރު ވެސް ލީކުވި ފޮޓޯތަކުން ފެނެ އެވެ. މީގެ ކުރިން ހޯމް މިނިސްޓްރީ ތެރޭގައި މި މަސައްކަތް ކުރާތަން ފެންނަ ފޮޓޯތަކެއް ވެސް އާންމުވި އެވެ.
"އަޅުގަނޑު ފެންނަ ފޮޓޯގައި އިންނާނީ ޕިއްޒާއާ އެކު. އިތުރު ފޮޓޯއެއް ނުފެންނާނެ. ދެން މި އޮންނަ އުސޫލުން މީޓިން ރޫމް ދެމުން މިދަނީ. އެހެންވީމަ މި މީޓިން ރޫމުގައި ކުރީ ކޮން ކަމެކޭ ބުނާކަށް އަޅުގަނޑަށް ވަރަށް ދަތި. އޮންނަ އުސޫލުން ބިއުރޯއިން ރިކުއެސްޓް ކުރީމަ އަބަދުވެސް މީޓިން ރޫމު ދޫކުރަމުން މިދަނީ،" އަހުމަދު އާލީ ވިދާޅުވި އެވެ.
ޑީއެންއާރު ހިމެނޭހެން ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނާއެކު 1700 ފޯމު މިނިސްޓަރު އިހުސާން ޕީއެންސީއާ ހަވާލުކުރި އެވެ. އެ ފޯމުތަކުގެ ސައްހަކަމާ މެދު ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment