22 ޖަނަވަރީ 2025 - 03:15 2
ލީވާން އަލީ ނާސިރު
22 ޖަނަވަރީ 2025 - 03:15 2
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެލޭޝިއާގެ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް މެއި މަހު ބޭނުން ކުރަން ފަށާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން އަދަދު ނޫހަށް ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމުގެ ފުރަތަމަ ފޭސްގެ މެއި މަހު ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށެވެ.
"މިހާރު ބެލެވޭ ގޮތުގައި ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމުގެ ފުރަތަމަ ފޭސްގެ ރޯލްއައުޓް މެއި މަސް ތެރޭގައި ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެކްސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި އެއްބަސްވުން ކުރިއަށް ނުގޮސް، ގެއްލުމުގެ ބަދަލު ދޭން ޖެހޭތީ ކަމަށް އިހުސާން ކުރިން ވިދާޅުވެފައިވެ އެވެ.
އިހުސާން ވިދާޅުވީ އެ އެއްބަސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން އޭގެ ބަދަލުގައި އާ އެކްސްޕެޓް ސިސްޓަމެއް ގާއިމު ކުރުމުގެ އެއްބަސްވުމަކަށް ދިޔައީ ކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ އަތުން މިހާރު އަހަރަކު 6,200ރ. ދައުލަތަށް ވަދެ އެވެ. އެއީ 2,000ރ. ގެ ކޯޓާ ފީ އާއި ކޮންމެ މަހަކު 350ރ. ގެ ރޭޓުން ނަގާ 4,200ރ. ގެ ވޯކް ޕާމިޓް ފީ އެވެ.
ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ. މިއީ މިހާތަނަށް އެނގިފައިވާ މިންވަރެވެ.
އެހެންވެ، 15 އަހަރުގެ މުއްދަތުގައި ބެސްޓިނެޓަށް 6.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ.
ސަރުކާރުގެ މަރުކާ ދޫކޮށްލައި ބިދޭސީ ކުންފުންޏަކަށް 6.9 ބިލިއަން!
ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ދޭން ޖެހެ އެވެ.
ސަރުކާރުގެ މަރުކާ ދޫކޮށްލައި ބިދޭސީ ކުންފުންޏަކަށް 6.9 ބިލިއަން!
ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ދޭން ޖެހެ އެވެ.
ބެސްޓިނެޓަކީ ކޮރަޕްޝަނާއި އޮޅުވާލުމާއި މަކަރު ހެދުމުގެ ސީރިއަސް ތުހުމަތުތަކެއް އޮތް ކުންފުންޏެކެވެ. މެލޭޝިއާގެ އިތުރުން ބަންގްލަދޭޝާއި ނޭޕާލުގައި ވެސް އެ ކުންފުންޏަށް ތުހުމަތުތަކެއް ކުރެވި ބައެއް ކަންކަން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މިނިވަން ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި ބެސްޓިނެޓަކީ އެ ގައުމުގެ ޝާހީ އާއިލާއާއި ބާރުގަދަ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާ ގުޅުން އޮތް ކުންފުންޏެކެވެ.
ބެސްޓިނެޓު ފުރަތަމަ ރާއްޖެއައީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގަ އެވެ. އެ ސަރުކާރުގައި ވެސް ތިބި ބާރުގަދަ ބައެއްގެ ނިވަލުގައި އައިސް ބެސްޓިނެޓާއެކު ސަރުކާރުން 15 އަހަރު ދުވަހުގެ އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 2016, ގަ އެވެ. އޭރު ކޮންޓްރޯލަރަކަށް ހުންނެވީ މުހައްމަދު އަންވަރު އެވެ. ބިދޭސީންގެ ކަންކަން އޭރު ބަލަހައްޓަމުން ދިޔައީ އިމިގްރޭޝަނުންނެވެ.
ބެސްޓިނެޓުގެ މައްސަލަ ބަލަން ޖެހޭނެ: އުމަރު
އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި އެ ކުންފުންޏާ އެކްސްޕެޓު ސިސްޓަމް ހަވާލު ނުކުރީ ހިޔާނާތު ތުހުމަތާއި ފަސްބައި ސާފު ކުންފުންޏަކަށް ނުވުމުން. އޭނާ ވިދާޅުވި ގޮތުގައި އެއީ ޑީލްކުރާވަރުގެ ބައެއް ނޫން
ބެސްޓިނެޓުގެ މައްސަލަ ބަލަން ޖެހޭނެ: އުމަރު
އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި އެ ކުންފުންޏާ އެކްސްޕެޓު ސިސްޓަމް ހަވާލު ނުކުރީ ހިޔާނާތު ތުހުމަތާއި ފަސްބައި ސާފު ކުންފުންޏަކަށް ނުވުމުން. އޭނާ ވިދާޅުވި ގޮތުގައި އެއީ ޑީލްކުރާވަރުގެ ބައެއް ނޫން
ރާއްޖޭގެ އަމިއްލަ އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، އެ މަސައްކަތް ބެސްޓިނެޓާ ހަވާލުކުރި މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދަޅުވެފައިވެ އެވެ.
33.33%
0.00%
66.67%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment