ފަސޭހަ ކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ސެނިޓަރީ ޕެޑު، ފެމްސްގެ އާ އުފެއްދުން ކަމުގައިވާ ސްލިމް ނެޕްކިންސް ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
މި ޕެޑަކީ ދިރާސާތަކަށް ފަހު، ފަސޭހަ ކަމާއި އިތުބާރު ލިބޭ ގޮތަށް ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ފަރުމާކޮށްފައިވާ ޕެޑެކެވެ. އެހެންވެ، މިއީ އަންހެނުންނަށް މިނިވަންކަމާއެކު، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ހަރަކާތްތެރިވެ އުޅެވޭނެ އުފެއްދުމެކެވެ. ލީކްވުމުން ރައްކާތެރިކޮށްދެ އެވެ. ޕެޑް ޖެހުން ވާ އުނދަގޫތައް ކުޑަކުރުމަށްޓަކައި ހާއްސަ ކޮޓަން ފަށަލައެއް ހިމަނާފައިވެ އެވެ.
ތަޖުރިބާކޮށް އިތުބާރު ހޯދާފައިވާ ޕެޑެއް ހިޔާރު ކުރުމަކީ މުހިއްމު ކަމެކެވެ. ޕެޑް ހިޔާރު ކުރާއިރު ބަލަންޖެހޭ ކަންކަމަށް ސަމާލުކަން ދިނުން ވެސް މުހިއްމެވެ. އޭގެ ތެރޭގައި ބޭނުންކޮށްފައިވާ މާއްދާތަކާއި، ލީކް ނުވެ ހިފަހައްޓާ މިންވަރު، އަދި ޕެޑްގެ ދިގުމިނަށް ބަލަންޖެހެ އެވެ. އެންމެ ބޮޑު އިތުބާރަކަށް ވާނީ ޕެޑްގައި އެކުލެވޭ މި ކަންކަމާއެކު ލިބޭ ފަސޭހަކަން ކަށަވަރުވުމެވެ.
ފެމްސް ޕެޑް ވަނީ ސްރީލަންކާގެ އަންހެނުންގެ އިތުބާރު ހޯދައިފަ އެވެ.
މި މޮޅު އުފެއްދުން ހޯލް ސޭލްކޮށް ރީޓެއިލް ކުރަނީ، ލިލީ ސްޓޯރާއި ލާލު ސްޓޯރު އަދި ހުޅުމާލޭގައި ހުންނަ ލިލީ ޝޮޕް އާއި ކުޅުދުއްފުށީއަދި އަށްޑޫ ހުންނަ ލިލީ ޝޮޕުންނެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން މި އުފެއްދުން ގަންނަން ލިބޭނެ އެވެ
Comment