18 ޖަނަވަރީ 2025 - 22:56 0
މުހައްމަދު ޝަހްޒާން
މީގެ ކުރިން ހުޅުމާލޭގައި ހިނގި ހާދިސާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު ފައިލް
18 ޖަނަވަރީ 2025 - 22:56 0
ހުޅުމާލޭގައި ދެ ގްރޫޕެއްގެ މެދުގައި މިރޭ މާރާމާރީއެއް ހިންގައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭގައި ބަޔަކު މިރޭ މާރާމާރީއެއް ހިންގި ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
"މިރޭ ހުޅުމާލެ ފޭސް 2 ގައި މާރާމާރީ ބަޔަކު ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވޭ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގައި މިރޭ މާރާމާރީއެއް ހިންގާފައިވާއިރު، ޒަހަމުތަކަކާއެކު އޮތް މީހަކު މިދިޔަ ބުދަ ދުވަހު ވެސް ސެނެހިޔާ ހޮސްޕިޓަލް ކައިރިން ފެނުނެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
Comment