Advertisement

ކަސްޓަމުން ޝިޕްމެންޓު ހިފެހެއްޓުމުން ރޯލިން ޓޮބޭކޯ ރާއްޖެއިން ހުސްވެއްޖެ!

18 ޖަނަވަރީ 2025 - 12:00 1

މުހައްމަދު ޝަހްޒާން

މ

Advertisement

ބިޑި އޮޅަން ބޭނުންކުރާ ދުންފަތް ރާއްޖެއިން ހުސްވެފައި މިވަނީ ސިނގިރޭޓުގެ އަގު މަތިކުރުމުގެ އިތުރުން ރާއްޖޭގައި ވޭޕް މަނާ ކުރުމުގެ ސަބަބުން އޮޅައިގެން ބޯ ދުންފަތުގެ ޑިމާންޑު ބޮޑުވެފައި ވަނިކޮށް --- އާޓްވޯކް: އިސްމާއިލް އިމްދާދު


ކަސްޓަމުން ޝިޕްމެންޓު ހިފެހެއްޓުމުން ރޯލިން ޓޮބޭކޯ ރާއްޖެއިން ހުސްވެއްޖެ!

18 ޖަނަވަރީ 2025 - 12:00 1

Advertisement

Advertisement

ބިޑި އޮޅަން ބޭނުންކުރާ ދުންފަތް ޝިޕްމެންޓެއް ކަސްޓަމްސްއިން ހިފެހެއްޓުމާއެކު އެ ބާވަތުގެ ދުންފަތް ރާއްޖެއިން އެއްކޮށް ހުސްވެއްޖެ އެވެ.

ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށް ވިއްކާ ރޫޓު ފިހާރަ އާއި އޯސީސީން ވެސް ވަނީ ބިޑި އޮޅަން ބޭނުންކުރާ ދުންފަތް ހުސްވެފައިވާކަން "އަދަދު" ނޫހަށް ކަށަވަރު ކޮށްދީފަ އެވެ.

Advertisement

އެކަމާ ގުޅޭ ގޮތުން މި ނޫހަށް މައުލޫމާތު ދެމުން ރޫޓު ފިހާރައިގެ އޮފިޝަލެއް ބުނީ ބިޑި އޮޅަން ބެނުންކުރާ ދުންފަތުގެ ޝިޕްމެންޓެއް އެ ކުންފުނިން ރާއްޖެއަށް ގެނެސްފައި މިހާރު ވެސް އެބަހުރި ކަމަށެވެ. ނަމަވެސް އެ ޝިޕްމެންޓު ހުރީ ކަސްޓަމްސްއިން ހިފަހައްޓާފައި ކަމަށް އޭނާ ބުންޏެވެ.

"ރޯލިން ޓޮބޭކޯ ޝިޕްމެންޓެއް ކަސްޓަމްސްއިން ހިފަހައްޓާފައި ވީ، އެއީ އަދި ރާއްޖޭގައި ރޯލިން ޓޮބޭކޯ ވިއްކޭނެތޯ ނުވަތަ ނޫންތޯ ސަރުކާރުން ޑެޒިޝަނެއް ނުނަގާތީ،" އޭނާ ބުންޏެވެ.

ނުރުހުނަސް ސިނގިރޭޓު އަގުބޮޑު ކުރީ އެކަމުން ދުރުކުރަން: ރައީސް

ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދުންފަތަކީ ސިއްހަތަށް ވަރަށް ގެއްލުން އެއްޗަކަށްވާތީ ކިތަންމެ އުނދަގޫ ވިޔަސް އެކަމާ ރައްޔިތުން ދުރަށް ދިޔުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް.

ނުރުހުނަސް ސިނގިރޭޓު އަގުބޮޑު ކުރީ އެކަމުން ދުރުކުރަން: ރައީސް

ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދުންފަތަކީ ސިއްހަތަށް ވަރަށް ގެއްލުން އެއްޗަކަށްވާތީ ކިތަންމެ އުނދަގޫ ވިޔަސް އެކަމާ ރައްޔިތުން ދުރަށް ދިޔުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް.

Advertisement

ރޫޓު ފިހާރައިން އެހެން ބުނި ނަމަވެސް، އޯސީސީން ބުނީ ބިޑި އޮޅަން ބޭނުންކުރާ ދުންފަތް އެ ކުންފުނީގެ ފިހާރަތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމަށެވެ. ނަމަވެސް ލިބޭނީ ކޮންއިރަކު ކަމެއް ނޭނގޭ ކަމަށް އެ ފިހާރައިން ބުންޏެވެ.

ރޫޓު އަދި އޯސީސީ ދޮށުގައި މިފަހުން ކޮންމެ ދުވަހަކުހެން ހަދާފައި އޮންނަ ކިއު ވެސް އެ ފިހާރަތަކުން ބިޑި އޮޅަން ބޭނުންކުރާ ދުންފަތް ހުސްވުމާއެކު މިހާރު ނެތެވެ.

ބިޑި އޮޅަން ބޭނުންކުރާ ދުންފަތް ރާއްޖެއިން ހުސްވެފައި މިވަނީ ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ 3ރ. އިން 8ރ. އަށް މަތި ކުރުމުގެ އިތުރުން ވޭޕާއި އެއާ ގުޅުންހުރި ބާވަތްތައް ރާއްޖޭގައި ބޭނުންކުރުމާއި ވިޔަފާރި ކުރުން މަނާ ކުރުމާއެކު އޮޅައިގެން ބޭނުންކުރާ ދުންފަތަށް ބޮޑު ޑިމާންޑެއް އުފެދިފައިވަނިކޮށެވެ.

ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީއަށް އައި ބަދަލާއެކު ސިނގިރޭޓު ފޮށްޓެއްގެ އަގު ވަނީ 110ރ. އިން 250ރ. އަށް އުފުލިފަ އެވެ. ހަމަ އެއާއެކު މިދިޔަ ޑިސެމްބަރު 15، އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

އެ ބަދަލުތަކާއެކު ގިނަ ބަޔަކު އޮޅައިގެން ބޭނުން ކުރާ ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައި ވަނިކޮށް ދުންފަތް އޮޅާ ކަރުދާހާއި އެއަށް ލައްވާ ފިލްޓަރު ފަދަ ދުންފަތް އޮޅުމަށް ބޭނުންކުރާ ބާވަތްތައް މަނާކުރަން ހެލްތު މިނިސްޓްރީން ވަނީ ކަސްޓަމްސްއަށް އަންގައިފަ އެވެ.