ކުންފުނިތަކުން ވައްކަން ކުރަނީ ރައީސަށް ބައި އަޅައިގެން: އުމަރު

18 ޖަނަވަރީ 2025 - 09:43 2

ލީވާން އަލީ ނާސިރު

ލ

އުމަރު ނަސީރު: ކުންފުނިތަކުން ވައްކަން ކުރަނީ ރައީސަށް ބައި އަޅައިގެން ކަމަށް ވިދާޅުވި -- ފޮޓޯ؛ މިރާޝް ނާޝިމް / އަދަދު


ކުންފުނިތަކުން ވައްކަން ކުރަނީ ރައީސަށް ބައި އަޅައިގެން: އުމަރު

18 ޖަނަވަރީ 2025 - 09:43 2

ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކުރަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބައި އެޅޭ ގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ ނިއުސް ޓޯކްގައި އުމަރު ވިދާޅުވީ ރައީސް މުއިއްޒަށް ބައި ނޭޅޭ ގޮތަށް ސަރުކާރު އެއްވެސް ކުންފުންޏެއްގައި ވައްކަން ނުކުރެވޭނެ ކަމަށާއި ކުންފުނިތަކުން ވައްކަން ކުރަމުންދަނީ ރައީސަށް ބައި އެޅޭ ގޮތަށް ކަމަށެވެ.

"އެސްއޯއީތަކުން، ޕަބްލިކް ކުންފުނިތަކުން މި ފެންނަ ވައްކަން މިއީ އެއްގޮތަކަށް ވެސް އެތާ ތިބޭ މީހާ ކުރާ ވައްކަމެއް ނޫން އެނގޭތޯ. މިއީ ހަމަ މުއިޒަށް ބައި އެޅިގެން ކުރާ ކަންތައްތައް. ރައީސުލްޖުމޫރިއްޔާއަށް ބައި ނޭޅޭ ގޮތަކަށް ސަރުކާރުގެ ކުންފުންޏަކުން ވައްކަމެއް ނުކުރާނެ އެނގޭތޯ،" އުމަރު ވިދާޅުވި އެވެ.

"ހަމަ މުއިއްޒަށް ބައި އެޅިގެން ހަމަ އެދަނީ އެނގޭތޯ. މުއިޒަށް ބައި އެޅިފައި، ދެން ތިބި މީހުންނަށް ވެސް ބައި އެޅިފައި، އަދި ވަގަށް ނަގާ މީހާއަށް ވެސް ބައި އެޅިފައި."

ދައުލަތުގެ ހުރިހާ ކުންފުންޏެއް ރައީސް މުއިއްޒު ބޭނުން ކުރަމުންދަނީ ވައްކަން ކުރުމަށްކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އެ ވައްކަންތައް ކުރަމުންދަނީ ރައީސްގެ އިތުރުން ކުންފުނިތަކުގެ ވެރިންނަށް ވެސް ބައި އެޅޭނެ ގޮތަށް ކަމަށެވެ.

ވެރިކަމުގައި ތިބި ބޭފުޅުން ދަނީ ސަރުކާރު ކުންފުނިތަކާއި ރިސޯޓުތައް ހިމެނޭ ގޮތަށް ހުރިހާ ތަނަކުން ވައްކަން ކުރަމުން ކަމަށާއި މިހާ ހާމަކަންބޮޑުކޮށް ވައްކަން ކުރާ ސަރުކާރަކާ ދިވެހި ރައްޔިތުންނާ ދިމާ ނުވާ ކަމަށް ވެސް އުމަރު ވިދާލުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ ކޮރަޕްޓް ހުރިހާ އެންމެންނަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

0.00%

66.67%

0.00%

33.33%

މި ލިޔުން ކިޔާލުމުން


ސޮހޮލު

3 months ago

އެނގުމަށް އިނގުން ކިޔާފައި އިނގޭ އަށް އެނގޭ ކިޔާ ޒަމާނެއް މީ. މިހާވަރަށް ދިވެހިބަސް އޮޅިއްޖެ ނޫސްވެެރިންނަށް ވެސް.. ބޯ ފަޅައިގެން ދާވަރު ވޭ. ބަލަ ޢުމަރު އެ ވިދާޅުވަނީ އެނގޭތޯއެކޭ ނޫނޭ. އޭނާ އެ ވިދާޅުވަނީ އިނގޭތޯއޭ.

ހަލީމު

3 months ago

ވެރިކަމައް އައްނަން ފަނަގާފައިހުރިބޭފުޅެއް އެއްވެސް ސާބިތުނުހިފޭ ވާހަކަދެެއްކީމާާ އިގެނީއަދި ވެރިކަމައް ކުފޫހަމަނުވާކަން