Advertisement

ދިވެހި ޔޫތު ލީގު: ޓީސީ ބަލިކޮށް މާޒިޔާ ތިން ވަނަ އަށް

about 4 hours 0

ޓީސީ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަހުނަފް މުހައްމަދު / އަދަދު ސްޕޯޓްސް


ދިވެހި ޔޫތު ލީގު: ޓީސީ ބަލިކޮށް މާޒިޔާ ތިން ވަނަ އަށް

about 4 hours 0

މިހާރު ކުރިއަށްދާ ދިވެހި ޔޫތު ލީގުގެ 16 އަހަރުން ދަށުގެ މުބާރާތުގައި ޓީސީ ސްޕޯޓްސް ކްލަބް 3-2 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ސޯޅަ އަހަރުން ދަށުގެ ލީގުގެ އެއް ވަނައިގައި އޮތީ، ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓް ހޯދާފައިވާ ކްލަބް ވެލެންސިއާ އެވެ. އަދި ދެ ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. މާޒިޔާ ވެސް ވަނީ ސަސްއާ އެއްވަރަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު، ލަނޑުގެ ތަފާތުން ކުރި ލިބެނީ ސަސް އަށެވެ.

ޓީސީ ހަތަރު ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު އެވެ.

ހެންވޭރު ދަނޑުގައި ރޭ ކުޅުނު މެޗުން، މާޒިޔާގެ ލަނޑުތައް ޖެހި ހުސެއިން ޝާން ދެ ގޯލު އަދި އަލްހާން ފައިސަލް އެވެ. ޓީސީން ލަނޑު ޖެހީ، ނާއިލް ޔޫސުފް އާއި މަކީން މުހައްމަދު ނައުޝާދު އެވެ.

ޔޫތު ލީގުގައި އިއްޔެ ހަވީރު، ކްލަބް އީގަލްސް އިން ވަނީ 1-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފަ އެވެ. މި މެޗުގައި އީގަލްސްގެ ހަމައެކަނި ލަނޑު ޖެހި މީކައިލް މުހައްމަދު ވަހީދު އެވެ.

އީގަލްސް އިން ވަނީ މި މޮޅާ އެކު، ފަސް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފަ އެވެ. ވިކްޓަރީ އާއި ހަ ވަނައިގައި އޮތް އީގަލްސް އަށް ހަތަރު މެޗުން ލިބިފައިވަނީ، ހަތަރު ޕޮއިންޓެވެ. ހަތް ވަނައިގައި އޮތް ހުރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އަށް ވަނީ ހަތަރު މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ ހަތަރު މެޗު ކުޅުުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.