15 ޖަނަވަރީ 2025 - 07:25 2
ލީވާން އަލީ ނާސިރު
އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ހޯދުމަށް އަބޫދާބީގެ ބުރްޖީލް މެޑިކަލް ސިޓީއާ އެކު އާސަންދައިން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން: ދުބާއީ އާއި ތައިލެންޑަށް އާސަންދަ މަދު ބަޔަކަށް ވަނީ ހުޅުވާލާފައި -- ފޮޓޯ: އާސަންދަ
15 ޖަނަވަރީ 2025 - 07:25 2
ތައިލެންޑުގެ ބެންކޮކާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއިން އާސަންދައިގެ ދަށުން ބޭސް ފަރުވާ ކުރުމުގެ ފުރުސަތު މަދު ބަޔަކަށް ލިބޭ ގޮތަށް އުސޫލު އެކުލަވާލައި މިއަދު އާންމުކޮށްފި އެވެ.
އާސަންދައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާސަންދައިގެ ދަށުން ބެންކޮކާއި ޑުބާއީއަށް ފޮނުވަން ފުރަތަމަ އިސްކަންދޭނީ، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނާ" އެއް (އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލް ކުރަމުންދާ މީހުންނަށް ކަމަށެވެ.
"އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ ފަސްޓް ޑިގްރީ ޑޯނާ އަކަށްވުން އެ ގައުމުތަކުގެ ގާނޫނާ ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތައް،" އާސަންދައިން ބުންޏެވެ.
މީގެއިތުރުން އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔޫއޭއީއަށް ދެވެނީ ރާއްޖެ، އިންޑިއާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، "އެތައް ފަހަރެއްގެ މަތިން" ފަރުވާދެވުނު ނަމަވެސް އެ މީހެއްގެ ބަލި ހާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލު ކުރަމުންދާ މީހުންނެވެ.
މިގޮތުން އެފަދަ މީހުންނަށް ކަމާ ބެހޭ ޑޮކްޓަރުންގެ ޓީމުގެ ފަންނީ ލަފާއާ އެކު ބަލި މީހާ ރިފާ ކުރާނެ މަރުކަޒު އަސަންދައިން ކަނޑައަޅައި، އެ މީހަކަށް ބޭނުންވާ ބޭސް ފަރުވާގެ އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އާސަންދައިން ބުނީ ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ސްކީމުގެ ހިދުމަތް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ފުޅާ ކުރާނެ ކަމަށެވެ. ނަމަވެސް އެކަމަށް ވަކި ތާރީހެއް ނުދެ އެވެ.
ތައިލެންޑާއި ޔޫއޭއީ އިން އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކަށް ހިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރު ވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ހިދުމަތް ދިނުމަށް އަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ.
އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ހޯދަން ސޮއިކުރީ ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލާއި ދަ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ދުބާއީގެ ބުރިޖީލް މެޑިކަލް ސިޓީއާ އެކު އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ގެދޮރޭ
3 months ago
ކޮބާތަ މި ޖެނުއަރީ މަހު ދޫކުރަން ބުނި ގެދޮރު ލުއިލޯނު؟ ޙަމަ އިބިލީހުގެ ކައިވެންޏަށްދޯ؟
ސްޓޮން
3 months ago
ތިގޮތަށް އެސްޓޯނިއާއަށް ފޮނުވަން ފެނޭ. ދާނެ މީހަކު ނުވާނެތާ
Comment