މޫސުން ގޯސްވާނެ ކަމަށް ލަފާކުރުމުން މާލެ ސިޓީ ކައުންސިލުން ދުރާލައި ވެލި ބަސްތާ ޖަހަން ފަށައިފި

12 ޖަނަވަރީ 2025 - 17:27 2

މުހައްމަދު ޝަހްޒާން

މ

މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހަން މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ތައްޔާރު ވަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


މޫސުން ގޯސްވާނެ ކަމަށް ލަފާކުރުމުން މާލެ ސިޓީ ކައުންސިލުން ދުރާލައި ވެލި ބަސްތާ ޖަހަން ފަށައިފި

12 ޖަނަވަރީ 2025 - 17:27 2

މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަ ދުވަހުގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރުމާ ގުޅިގެން، އެކަމަށް ހާއްސަ ކާރިސާ ކޮމިޓީއެއް އެކުލަވާލައި މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

އެ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައި ވާތީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ވާރޭވެހި މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގައި މިރެއިން ފެށިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލައި މަސައްކަތް ކުރުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުން ވެސް ވަނީ މިރޭ އިލްތިމާސްކޮށްފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރައިން ލަފާކޮށްފައި ވާގޮތަށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ ގޭގެ އާއި ގުދަންތަކާއި ފިހާރަތައް ފަދަ ތަންތަނަށް ފެން ނުވަންނާނޭހެން ކުރިއާލައި ގޭދޮރުމަތީގައި ވެލި ބަސްތާ ފަދަ ތަކެތި ޖެހުމަށާއި ފެންބޮޑުވާ ސަރަހައްދުތަކުގައި ސައިކަލު ފަދަ އުޅަނދު ޕާކު ނުކުރުމަށް އެންޑީއެމްއޭއިން އިލްތިމާސްކުރި އެވެ.

ފެންބޮޑުވާ ސަރަހައްދުގައި ކާޑުގެ ބާވަތްތަކާއި ހިފައިގެންގުޅޭ ތަކެތި ނުބެހެއްޓުމަށާއި ބޭނުން ނުކުރާ ނަމަ ކަރަންޓުން ބޭނުން ކުރާ ތަކެތި ނިވާލާފައި ބެހެއްޓުމުގެ އިތުރުން ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދުފަހަރު މަގުމަތީގައި ނުދުއްވުމަށް އެންޑީއެމްއޭއިން ވަނީ އިރުޝާދު ދީފަ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


މުހައްމަދު

2 months ago

40 ހަކަށް އަހަރު ވެފައިވާ ފެންހެދޭ މައްސަލަ ހައްލުނުކުރިވިގެން މިއުލެނީ މިކަމުން ކާކައް މާލީފައިދާއެއްލިބޭތީ ތޯ؟ ފެންހެދުމާއި ތަކެއްޗައް ގެންލިންލިބޭ މައްސަލައިގައި ރައްޔިތުން ނުކުމެ ފިސާރި މިޒާހިރާއެއް ކޮށްލަންވީތޯ؟

މުހައްމަދު

2 months ago

ވެލިބަސްތާޖެހުން ނޫން ގޮތެއް ހަމަނެތީތޯ. 1985 ގެފަހުން މާލޭގެ އެކިދިމަދިމާގައި ފެން ހެދި ރައްޔިތުންގެ އެތައް މުދަލެއްވަނީ ހަލާކުވެފާ. ބަޔެއް އާއިލާތަކަށް ލިބުނުގެއްލުން 2ލައްކަ ރުފިރާއަށްވުރެއް ބޮޑު. އުކާލެވުނު ފަރުނީޗަރާއި ކިޔަވާކުދިންގެ ފޮތާ ދަރިންގެ ކުޅޭތަކެއްޗާއި ހިފާގެންގުޅޭ ސާމާނަށް ލިބުނުގެއްލުމާ ވޭނުގައި ހޭދަވި ހިތްދަތިވަގުތުގެ ބަދަލަކީ ކޮބާ؟ ކޯރު ތަކެއްކަނޑާ ހައްލުކުރެވެން އޮތް މައްސަލައެއް ދިގުދައްމަނީ ކީއްވެބާ؟