12 ޖަނަވަރީ 2025 - 14:06 1
މުހައްމަދު ޝަހްޒާން
12 ޖަނަވަރީ 2025 - 14:06 1
ސިހުރު ހަދާކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން ރ. މީދޫ އާއި އެ އަތޮޅު އަލިފުށީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ އޮޕަރޭޝަން ހިންގަނީ ސިހުރު ހަދާ ކަމަށް ބުނެ ރިޕޯޓު ކޮށްފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.
"ސިހުރު ހަދާ ކަމަށް ރިޕޯޓު ކޮށްފައިވާ މައްސަލައަކާ ގުޅިގެން ރ. މީދޫ އަދި އަލިފުށީގައި އޮޕަރޭޝަނެއް ދަނީ ހިންގަމުން، އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.
ސިހުރުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ބޮޑު އެހެނަސް ހައްލު ނުލިބި އޮންނަ މައްސަލައެކެވެ. ސިހުރު ހެދުމަކީ ގާނޫނީ ގޮތުން ކުށަކަށް ވީނަމަވެސް، ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ މައްޗަށް އެ ކުށް ސާބިތު ކުރެވޭ އަދަދު ވަރަށް މަދެވެ.
ބަޔަކު ސިހުރު ހަދާ ކަމަށް އާންމުން ކުރި ޝަކުވާތަކަކާ ގުޅިގެން ހއ. ކެލައަށް ފުލުހުން އަރައި މިދިޔަ ޑިސެމްބަރު 1، ގައި ވެސް އޮޕަރޭޝަނެއް ހިންގި އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޙަޤީޤަތް
2 months ago
ދުނިޔޭގެ އިތުބާރު ހިފޭ މަޝްހޫރު އިލްމުވެރިންގެ ޔައުޔުގައި 99.9ޕަސަންޓު ސިހުރަަށް ރުޤްޔާ މީހުންގެ ވާހަކަ ފޭކް. އެމީހުންގާތަށްދާ ހުރިހާ މީހުންނަށް ޖެހެނީ ސިހުރު. އޭރުންތާ ދާ ކޮށްމެ ރަށަކުން ބަނޑު ފުރެންދެން ކާލާގެން ލާރި ނެގޭނީ. ތިޔަ ބުނާ މަންޖެ ރަށަށް އައި ބީރަށްޓެހި ފިރިހެނަކާ ހިތާވެގެން ފިރިސޮރު ހޭރި ހޭރި އޮށްވަ ދަރިން ތަށް ތިއްބައި ވަރިޥީ ދެން ރަށުންނޭރު މީހާ ލަނޑު ދިނީމަ ފޭކު މޮޔަގޮވާ ވަރިކުރި ފުޅު ކައިރީބުނެގެން ރުޤުޔާ ކުރީ.ފޭކު ޖައްސަނީ..
Comment