Advertisement

އެސްއީޒެޑުތަކުގައި ހިންގޭނެ މަސައްކަތްތަކުގެ ތެރޭގައި ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓް މަޝްރޫއުތައް ހިމަނައިފި

12 ޖަނަވަރީ 2025 - 13:29 0

މުހައްމަދު ޝަހްޒާން

މ

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު؛ އެސްއީޒެޑުތަކުގައި ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓްގެ މަޝްރޫއުތައް ހިންގޭނެ ކަމަށް ރައީސް ކަނޑައެޅުއްވީ ގުޅީފަޅު ތަރައްގީ ކުރަން ސީއެމްއީސީއާ ހަވާލު ކުރުމަށްފަހު -- ފޮޓޯ: ރައީސް އޮފީސް


އެސްއީޒެޑުތަކުގައި ހިންގޭނެ މަސައްކަތްތަކުގެ ތެރޭގައި ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓް މަޝްރޫއުތައް ހިމަނައިފި

12 ޖަނަވަރީ 2025 - 13:29 0

Advertisement

Advertisement

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރެއަށް ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓު ނުވަތަ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ދެމެހެއްޓެނިވި ގޮތުގައި ތިމާވެށްޓާ ރައްޓެހި ގޮތަކަށް ރަށެއް ނުވަތަ ގަމުތެރެ ތަރައްގީ ކުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިތުރު ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގައި ގާއިމު ކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކާއި އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓުމެންޓުގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅުއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި ވާގޮތުން އެސްއީޒެޑްތަކުގައި ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓުގެ މަޝްރޫއުއެއް ހިންގޭނީ އެތަނަށް ކުރާ އިންވެސްޓުމެންޓު 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ނަމަ އެވެ.

Advertisement

ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓަކީ މީގެ ކުރިން އެސްއީޒެޑުތަކުގައި ހިންގޭ މަޝްރޫއުއެއް ނޫނެވެ. މީގެ ކުރިން، 1 ޖެނުއަރީ 2023، ގައި ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި އެސްއީޒެޑުތަކުގައި ހިންގޭނެ ކަމަށް ކަނޑައަޅާފައި އޮތީ ނުވަ ބާވަތެއްގެ މަޝްރޫއުތަކެވެ. އެސްއީޒެޑެއްގައި އޭގެތެރެއިން ވެސް ހިންގެނީ ޖުމުލަ އިންވެސްޓުމެންޓު 100 މިލިއަން ޑޮލަރަށްވުރެ މަތި މަޝްރޫއުތަކެވެ.

އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތައް

Advertisement

މި މަޝްރޫއުތަކުގެ އެންމެ ކުޑަ އަގަށް ވެސް އަދި މަޝްރޫއުތަކަށް ވެސް މިއަދު ރައީސް ނެރުއްވި ގަރާރުގައި ބަދަލެއް ގެންނަވައިފައެއް ނުވެ އެވެ.

އެސްއީޒެޑުތަކުގައި ހިންގޭނެ މަސައްކަތްތަކުގެ ތެރެއަށް ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓު އިތުރު ކޮށްފައި މިވަނީ ކ. ގުޅީފަޅު ތަރައްގީ ކުރަން ޗައިނާގެ، ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ މި ހިނގާ ޖެނުއަރީ 6، ގައި ސަރުކާރުން ހަވާލުކޮށް ސޮއިކުރިފަހުންނެވެ.

ސީއެމްއީސީ އާއެކު ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ ތެރެއިން ކުރެވޭނެ މައިގަނޑު މަސައްކަތްތަކަކީ:

  • އިލެކްޓްރިކްސިޓީ ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމު ކުރުން
  • ފެނާއި ނަރުދަމާގެ ނިޒާމު މުޅި ގުޅީފަޅުގައި ގާއިމު ކުރުން
  • ޑިއު ވޯޓަރިން ސިސްޓަމް ގާއިމު ކުރުން
  • މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • ޖީޕޯން ޑަކްޓިން ސިސްޓަމް ގާއިމު ކުރުން
  • ގޭސް ސްޓޮރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ގާއިމު ކުރުން

ސީއެމްއީސީން އެ މަޝްރޫއު ހިންގަން އިންވެސްޓު ކުރަނީ ކިހާވަރެއްކަމެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ. ސީއެމްއީސީއަކީ ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމުގައި 14 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.