about 13 hours 0
މުހައްމަދު ޝަހްޒާން
މީގެ ކުރިން ރާެއްޖެއަށް މޫސުން ގޯސްވި ދުވަސްވަރެއްގައި ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: އަދަދު ފައިލް
about 13 hours 0
މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަ ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ ބޭ އޮފް ބެންގާލްގައި ވަރުގަދަ ކޮޅިގަނޑެއް އުފެދިފައިވާތީ ކަމަށެވެ. އަދި އެ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި މާދަމާއިން ފެށިގެން ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައި ވަނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި ކަނޑުތައް ހަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ހާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް މާދަމާއިން ފެށިގެން އުދައިގެ އަަސަރު ކުރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
މޫސުން ލަފާކޮށް އެ އިދާރާއިން ނެރޭ އިންޒާރުތަކަށް އިސްކަމެއް ދީގެން މޫސުމާ ގުޅިގެން ދިމާވެދާނެ ގެއްލުންތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެެވެ.
މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައިވާތީ، ވިއްސާރައިން ލިބިދާނެ ގެއްލުމަށް ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ
މި އަހަރު ފެށުނީއްސުރެ ރާއްޖޭގެ މޫސުން ދަނީ ވަރަށް ގޯސްކޮށެވެ. އެގޮތުން ފާއިތުވި ދެ ހަފުތާ ތެރޭގައި މާލެ ސަރަހައްދު ވެސް ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަނީ ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އެންމެފަހުން މިދިޔަ ހުކުރު ދުވަހުގެރޭ ވެސް ހުއްޓުމެއް ނެތި ތިން ވަރަކަށް ގަޑިއިރު މާލެއަށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބޮޑު ބައެއް އޮތީ ފެނު އަޑީގަ އެވެ.
Comment