13 ޖަނަވަރީ 2025 - 17:05 0
ލީވާން އަލީ ނާސިރު
ޖެޖޫ އެއާގެ ބޯޓު ވެއްޓުން: ބޯޓު ގޮވުމުގެ ކުރީގެ ރެކޯޑިން ކަޅު ފޮށީގައި ނެތް ކަމަށް ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނޭ -- ފޮޓޯ: އޭއެފްޕީ
13 ޖަނަވަރީ 2025 - 17:05 0
ދެކުނު ކޮރެއާގެ ޖެޖޫ އެއާގެ މަތިންދާ ބޯޓުގެ ކަޅު ފޮށީގައި، އެ ބޯޓު ގޮވުމުގެ ހަތަރު މިނެޓު ކުރިން ފެށިގެން ރެކޯޑިން ނެތް ކަމަށް ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު 29, ގައި ތައިލެންޑުގެ ބެންކޮކުން ފުރައިގެން ދެކުނު ކޮރެއާގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެ ބޯޓު ގޮވީ ލޭންޑިން ގިއަރަކާ ނުލައި، އެއާޕޯޓުގެ ފެންސުންގައި ޖެހިގެންނެވެ. އެ ބޯޓުން ދަތުރުކުރި 181 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ ދެ މީހުންނެވެ.
ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިހާތަނަށް ކުރި ތަހުލީލުކުރި ޑޭޓާތަކުން ބޯޓު ގޮވުމުގެ ހަތަރު މިނެޓު ކުރީގެ ޑޭޓާ ރެކޯޑުވެފައި ނެތްކަން އެނގޭ ކަމަށާއި އެ ޑޭޓާތައް ނެތީ ކީއްވެގެންކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ޑޭޓާތައް އިތުރަށް ތަހުލީލު ކުރުމަށް އެމެރިކާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ލެބޯޓްރީއަށް ވަނީ ފޮނުވާފައި ކަމަށް މިނިސްޓްރީޓް ބުންޏެެވެ.
އާންމުކޮށް ކަޅު ފޮށީގައި ހުންނަ ޑޭޓާތައް ގެއްލުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ ގިނަފަހަރު ކަޅު ފޮށީގައި ހުންނަ ޑޭޓާތައް ބެކަޕް ވެސް ކުރެވިފައި ހުންނާތީ އެވެ. ކަޅު ފޮށީގައި ހުންނަ މައުލޫމާތު އެއްކޮށްގެން ގިނަ ފަހަރު ބޯޓު ވެއްޓެން މެދުވެރިވާ ސަބަބު ވެސް ދެނެގަނެވެ އެވެ.
އެއާޕޯޓުގެ އޮފިޝަލުން ބުނީ އެމެޖެންސީކޮށް ފްލައިޓް ޖައްސަން މަސައްކަތް ކުރީ ލޭންޑިން ގިއަރުގެ މައްސަލައެއް ދިމާވެގެން ކަމަށާއި ފުރަތަމަ ފަހަރު ތިރިކުރަން އުޅެ ފެއިލްވީ ކަމަށެވެ. އަދި އޭރު ދޫންޏެއްގައި ބޯޓު ޖެހުނު ކަމަށް ވެސް ބޯޓުން ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިގޮތުން މައްސަލަ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ވެސް ވަނީ ބޯޓުގެ އިންޖީނުގެ ތެރެއިން ދޫންޏެއްގެ ފިޔަގަނޑެއް ފެނިފައިވާކަން ހާމަކޮށްފަ އެވެ.
ދެކުނު ކޮރެއާގެ ތާރީހުގައި ވެސް ހިނގި އޭވިއޭޝަންގެ އެންމެ ބޮޑު ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު ޕާކް ސަންގް ވޫ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
Comment