Advertisement

ބެލިންހަމްގެ ގޯލާ އެކު ރެއާލް ސުޕަ ކަޕް ފައިނަލަށް

about 18 hours 0


ބެލިންހަމްގެ ގޯލާ އެކު ރެއާލް ސުޕަ ކަޕް ފައިނަލަށް

about 18 hours 0

ޖިއްދާ، ސައުދީ އަރަބިއްޔާ (ޖެނުއަރީ 10) - ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި މަޔޯކާ އަތުން 3-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ވަނީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި، ރެއާލުން ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. މިދިޔަ އަަހަރުގެ ފައިނަލުގައި ރެއާލުން ވަނީ 4-1 އިން ބާސެލޯނާ ބަލިިކޮށްފަ އެވެ. ރެއާލުން ސުޕަ ކަޕް 13 ފަހަރު ކާމިޔާބުކުރިއިރު، އެންމެ ގިނަ ފަހަރު ސުޕަ ކަޕް ތަށި އުފުލާލި ޓީމަކީ 14 ފަހަރު ޗެމްޕިއަންކަން ހޯދި ބާސެލޯނާ އެވެ.

ޖިއްދާގެ ކިންގްސް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މެޗުގައި މަޔޯކާ އިން ވަނީ ރެއާލަށް ރަނގަޅު ފައިޓެއް ދީފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ލީޑުނެގޭ ގޮތެއްނުވި އެވެ.

ރެއާލުން ލީޑުނެގީ 63 ވަަނަ މިނިޓްގައި ޖޫޑް ބެލިންހަމް ޖެހި ގޯލުންނެވެ. މިއީ، ބެލިންހަމް އެންމެ ފަހުން ކުޅުނު ނުވަ މެޗުން ޖެހި ހަތް ވަނަ ގޯލެވެ. އަދި މި ސީޒަނުގައި ޖެހި ނުވަ ވަނަ ގޯލެވެ. ރެއާލަށް ލީޑުނަގައިދޭން، ކީލިއަން އެމްބާޕޭ އާއި ރޮޑްރީގޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

މަޔޯކާ އިން ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ. ރެއާލުން ވަނީ މެޗުގެ އިތުރު ވަގުތުގައި އަދި ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، ރެއާލްގެ ދެ ވަނަ ގޯލަކީ، މަޔޯކާގެ މާޓިން ވަލްޖެންޓް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ، ބްރާހިމް ޑިއާޒްގެ އެޓޭކެއް ހުއްޓުވަން ކުރި މަސައްކަތުގެ ތެރޭގައި، ވަލްޖެންޓް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރެއާލްގެ ފަހު ގޯލު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި، ރޮޑްރީގޯ އެވެ. މިއީ، ލޫކަސް ވަޒްކޭޒްގެ ބައިވެރިވުމާ އެކު، ރޮޑްރީގޯ ޖެހި ގޯލެކެވެ.