about 13 hours 0
about 13 hours 0
ލަންޑަން (ޖެނުއަރީ 9) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި 1-0 އިން ލިވަޕޫލް ބަލިކޮށް ފައިނަލަށް ދިއުމަށް ޓޮޓެންހަމް ހޮޓްސްޕާސް އިން އިތުބާރު ބޮޑުކޮށްފި އެވެ.
ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ރޭ ކުޅުނު މެޗު ފެށުނުތަނާ ޓޮޓެންހަމްގެ އުރުގުއޭ މިޑްފީލްޑަރު، ރޮޑްރީގޯ ބެންޓަންކޫރަށް ދިމާވި ސީރިއަސް އަނިޔާއަކާ ހެދި އޭނާ ސްޓްރެޗަރުގައި ބާލައިގެން ގެންދަން ޖެހުނީ ހޮސްޕިޓަލަށެެވެ. ޓޮޓެންހަމް އިން ވަނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ވެސް ވަރުގަދަ ޓީމެއް ނެރެގެން ކުޅުނު ނަމަވެސް ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖެހޭގޮތް ނުވިއިރު، ދާދި ފަހުން ޓޮޓެންހަމް އަށް ސޮއިކުރި، ގޯލްކީޕަރު އެންޓޮނިން ކިންސްކީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގެ ކުރީކޮޅުގައި، ޓޮޓެންހަމްގެ ރަޑު ޑްރަގޫސިން ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ޓޮޓެންހަމް އިން މި މެޗުގައި ފުރަަތަމަ ޑޮމިނިކް ސޮލާންކޭ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ. ލީގު ކަޕްގައި ވީއޭއާރް ބޭނުންކުރަނީ ސެމީ ފައިނަލާ ހަމައިންނެވެ. ޓޮޓެންހަމް އިން 86 ވަނަ މިނިޓްގައި، ސްވިޑެންގެ 19 އަހަރުގެ މިޑްފީލްޑަރު، ލޫކަސް ބާގްވާލްގެ ގޯލުން މޮޅުވިއިރު، މި ލަނޑު ޖެހުމުގެ އިރުކޮޅެއް ކުރިން ބާގްވާލް ވަނީ ލިވަޕޫލްގެ ކޮސްޓަސް ސިމިކާސް އަށް ފައުލެއް ކޮށްފަ އެވެ. ލިވަޕޫލުން ވަނީ އެ ފައުލަށް ބާގްވާލް އަށް ދެ ވަނަ ރީނދޫ ކާޑު ދައްކައި، ރަތް ކާޑެއް ދައްކަން ޖެހޭ ކަމަށް އެޕީލްކޮށްފަ އެވެ. ބާގްވާލް ލަނޑު ޖެހިއިރު، ސިމިކާސް ހުރީ ފަރުވާ އަށް ދަނޑިުން ފައިބަ އެވެ.
ލީގު ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގު އޮތީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ. އެ މެޗު ކުޅޭނީ ލިވަޕޫލް ދަނޑުގަ އެވެ.
Comment