8 ޖަނަވަރީ 2025 - 13:58 0
8 ޖަނަވަރީ 2025 - 13:58 0
ޕެރިސް (ޖެނުއަރީ 8) - އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު، ފްރާންސްގެ ކޯޗުކަމުން ޑިޑިއޭ ޑެޝޯމްޕްސް ވަކިވުމުން އެ މަގާމަށް ޒިނެދިން ޒިދާން އަންނާނެ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.
ފްރާންސްގެ ކުރީގެ ކެޕްޓަން، ޑެޝޯމްޕްސް، މި ވަގުތު، އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރު، އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ޑެޝޯމްޕްސް ވަނީ އެ މުބާރަތަށް ފަހު ފްރާންސް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ.
ޑެޝޯމްޕްސް، 2012 ވަނަ އަހަރު ފްރާންސްގެ ކޯޗުކަމާ ހަވާލުވިއިރު، 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވެ އެވެ. އެންމެ ފަހުން 2022 ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފައިނަލަށް ވެސް ފްރާންސް ގެންގޮސްދިން ޑެޝޯމްޕްސްއާ އެކު މިދިޔަ އަހަރުގެ ޔޫރޯގައި ފްރާންސްގެ ނަތީޖާތަށް އެންމެ ރަނގަޅެއް ނޫން ކަމަށް ބުނެ، ޑެޝޯމްޕްސް ވަކިކުރަން ގޮވާލާ އަޑުތައް ވަނީ ގަދަވި ނަމަވެސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އެ ގޮތަށް ނުނިންމަ އެވެ.
"2026 ގައި މި ކަން ދެން ނިންމާލާނަން. އަހަރެން ސިކުނޑީގައި އެ ނިންމުން އެ ގޮތަށް އަންނާނެކަން އަމިއްލަ އަށް ވެސް ވިސްނައިފިން. އަހަރެން މި ހޭދަވި މުއްދަތުގައި އެއް ޖޯޝެއްގައި އެއް ލެވަލެއްގައި ފްރާންސް ހިފެހެއްޓުމަށް ކުރެވުނު ހުރިހާ ކަމެއް ކޮށްފިން،" ޑެޝޯމްޕްސް ބުންޏެވެ.
ޑެޝޯމްޕްސް އަކީ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރެވުނު ތިން މީހުންގެ ތެރެއިން އެކަކެވެ.
ކޯޗިން ކެރިއަރުގައި ޒިދާން ވަނީ ދެ ފަހަރެއްގެ މަތިން ރެއާލަށް ކޯޗުކޮށްދީފަ އެވެ. އެއީ، 2016-2018 އާއި 2019 އިން 2021 އަށެވެ. އޭނާ ރަސްމީކޮށް އެހެން ޓީމަކާ އަދި ހަވާލުވެފައި ނުވި ނަމަވެސް، ބައެއް ކްލަބްތަކުގެ ސެޝަންތަކުގައި، ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޒިދާން، ކޯޗިން އަށް އެނބުރި އަންނަން ވިސްނަނީ ދެ ޓީމެއްގެ ހުށަހެޅުމެއް ލިބިއްޖެނަމަ އެވެ. އެއީ، ރެއާލް މެޑްރިޑް ނޫނީ ފްރާންސް ގައުމީ ފުޓްބޯޅަ ޓީމެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment