Advertisement

މާޝިއާލް ހިލޭ ޓްރާންސްފާއެއްގައި ގްރީސްގެ އޭއީކޭ އަށް

about 21 hours 0


މާޝިއާލް ހިލޭ ޓްރާންސްފާއެއްގައި ގްރީސްގެ އޭއީކޭ އަށް

about 21 hours 0

އެތަންސް (ސެޕްޓެމްބަރު 20) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް، އެންތަނީ މާޝިއަލް ހިލޭ ޓްރާންސްފާއެއްގައި ގްރީސްގެ އޭއީކޭ އެތަންސް އަށް ބަދަލުވެއްޖެ އެވެ.

ނުވަ އަހަރު ޔުނައިޓެޑްގައި ހޭދަކުރުމަށް ފަހު، މާޝިއަލް، 28، އެ ޓީމު ދޫކޮށްލީ، މިދިޔަ ސީޒަނުގެ ނިޔަލަށް ހަދާފައި އޮތް ކޮންޓްރެކްޓް ހަމަވުމުންނެވެ. ޔުނައިޓެޑުން މާޝިއަލް އަށް އާ ކޮންޓްރެކްޓެއް ހުށަނާޅަން ނިންމި އެންމެ ބޮޑު ސަބަބަކީ އަނިޔާއާ ހެދި ސީޒަނެއްގައި ގިނަ މެޗުތަކެއް ގެއްލޭތީ އެވެ.

ފްރާންސް ގައުމީ ޓީމަށް ވެސް ކުޅެފައިވާ މާޝިއަލް އަށް ސައުދީ އަރަބިއްޔާ އާއި ބްރެޒިލް އަދި ސްޕެއިންގެ ކްލަބްތަކުން ލިބިފައިވާ ހުށަހެޅުންތައް ދޫކޮށްލައި، އޭނާ އޭއީކޭ އަށް ސޮއިކުރަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

މޮނާކޯ ދޫކޮށް، 2015 ވަނަ އަހަރު މާޝިއަލް ޔުނައިޓެޑަށް ބަދަލުވީ، 53 މިލިއަން ޑޮލަރު ދައްކާ ޑީލެއްގެ ދަށުންނެވެ. މިއީ، އޭރު ޓީނޭޖް ކުޅުންތެރިއަކަށް ކްލަބަކުން ދެއްކި ދުނިޔޭގެ ރެކޯޑް ފީ އެވެ. ޔުނައިޓެޑަށް ކުޅެމުން އެއް ސީޒަނުގައި، މާޝިއަލް ވަނީ ލޯނަކަށް ސްޕެއިނުގެ ސެވިއްޔާ އަށް ވެސް ކުޅެފަ އެވެ. އެއީ، 2022 ވަނަ އަހަރު އެވެ.

ޔުނައިޓެޑަށް ކުޅެދިން އަހަރުތަކުގައި އޭނާ ވަނީ އެ ޓީމަށް 317 މެޗުން 90 ގޯލު ޖަހައިފަ އެވެ. އަދި އެ ޓީމާ އެކު، އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް އެއް ފަހަރު އަދި ޔޫރޮޕާ ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.