Advertisement

ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި ސަފީރު ރައީސް މުއިއްޒުއަށް ފަތްކޮޅު އަރުވައިފި

6 ޖަނަވަރީ 2025 - 08:20 0

މުހައްމަދު ޝަހްޒާން

މ

Advertisement

ޕާކިސްތާނުގެ އައު ސަފީރު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒުއަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް


ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި ސަފީރު ރައީސް މުއިއްޒުއަށް ފަތްކޮޅު އަރުވައިފި

6 ޖަނަވަރީ 2025 - 08:20 0

Advertisement

Advertisement

ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ފައިސަލް ރަސުލް ލޯދި އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.

ޕާކިސްތާނުގެ ސަފީރު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވީ މިއަދު ހެނދުނު އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތަށް އޭނާ ވަޑައިގަތީ ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިޅީގައި ހެވިކަމުގެ ލަޝްކަރާއެކު އެވެ.

Advertisement

އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން، ރައީސް މުއިއްޒު ވަނީ އޭނާއަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވެފަ އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ޕާކިސްތާނާއެކު އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފައިސަލް ރަސުލް އާ މަޝްވަރާ ކުރައްވައިފަ އެވެ.

އެގޮތުން މޫސުމީ ބަދަލުތަކާއި ސިއްހީ ދާއިރާގެ އިތުރުން ފަތުރުވެރިކަމާއި ވިިޔަފާރީގެ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ރައީސް މަޝްވަރާ ކުރެއްވި އެވެ.