Advertisement

ގައުމީ ވޮލީ މުބާރާތުގެ ފުރަތަމަ މޮޅު އެޗްޑީސީ އާއި ސިފައިންނަށް

6 ޖަނަވަރީ 2025 - 09:21 0


ގައުމީ ވޮލީ މުބާރާތުގެ ފުރަތަމަ މޮޅު އެޗްޑީސީ އާއި ސިފައިންނަށް

6 ޖަނަވަރީ 2025 - 09:21 0

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އެޗްޑީސީން ކާމިޔާބުކޮށްފި އެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ގަދަ ހަަތަރު ޓީމު ވާދަކުރާ ގައުމީ މުބާރާތުގެ ފޯމެޓް މި ފަހަރު ރާވާފައިވަނީ ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެ ވަނަ އާއި ތިން ވަނަ އަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލް ކުޅެގެން، ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރާ ގޮތަށެވެ.

އެ ގޮތުން، އިއްޔެ ހަވީރު، ކުޅުނު މެޗުގައި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ސިފައިން ނުކުތީ ބްލޫސް ފޯ ވޮލީބޯލްއާ ދެކޮޅަށެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސިފައިންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ، 25-23، 25-15 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިން ޓީމުގެ މުހައްމަދު ވަގާރު އެވެ.

މުބާރާތުގައި ރޭ ކުޅުނީ ބައްދަލުކުރީ ސްޕޯޓްސް ކްލަބް ސިޓީ އާއި އެޗްޑީސީ އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އެޗްޑީސީންނެވެ. އެޗްޑީސީން ސެޓުތައް ގެންދިޔައީ 25-21، 25-19 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެޗްޑީސީ ޓީމުގެ މުބައްޝަރު ރަޒާ އެވެ.

މުބާރާތުގައި މިއަދު ހަވީރު އެޗްޑީސީން ކުޅޭނީ ބްލޫސް ފޯ ވޮލީބޯލްއާ ދެކޮޅަށެވެ. އަދި މިރޭ ސިޓީ އާއި ސިފައިން ބައްދަލުކުރާނެ އެވެ.