ފެންބޮޑުވެގެން ގެއްލުންވި ވެހިކަލްތަކަށް ބަދަލު ދޭން ހަމަޖެހިފައި ނެތް: އެންޑީއެމްއޭ

4 ޖަނަވަރީ 2025 - 11:35 4

އަހުމަދު އާއިދު

އ

އިއްޔެ ކުރި ވިއްސާރާގައި މާލޭގައި ފެންބޮޑުވި ވަގުތު ޕާކުކޮށްފައި ހުރި ސައިކަލްތަކެއް ---- ފޮޓޯ: އަތޫފް އާތިފް / އަދަދު


ފެންބޮޑުވެގެން ގެއްލުންވި ވެހިކަލްތަކަށް ބަދަލު ދޭން ހަމަޖެހިފައި ނެތް: އެންޑީއެމްއޭ

4 ޖަނަވަރީ 2025 - 11:35 4

ރެކޯޑު އަދަދަކަށް ވެރި ރަށް މާލެއަށް ވާރޭ ވެހި އިއްޔެ މާލޭގައި ފެންބޮޑުވުމާ ގުޅިގެން ގެއްލުންވި ވެހިކަލްތަކަށް މާލީ ބަދަލެއް ދޭން ހަމަޖެހިފައި ނުވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އިއްޔެ އާއި ރޭ ވެހުނު ވާރޭގައި މާލޭގެ ބޮޑު ބައެއް ގިނަ ވަގުތުތަކެއް ވަންދެން ފެނު އަޑީގައި އޮތެވެ. އެ ވަގުތުތަކުގައި ގިނަ ބައެއްގެ ވެހިކަލްތަކަކަށް ފެން ވަދެ ހުއްޓިގެން މަގުމަތީ ވަނީ ބަހައްޓާފަ އެވެ. ސައިކަލުތަކާއި ކާރުތަކަށް ވެސް އިއްޔެ ގެއްލުންވި އެވެ.

މިކަމާ ގުޅިގެން "އަދަދު" ނޫހުން ސުވާލު ކުރުމުން އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އެ އިދާރާއިން މާލީ ގޮތުން އެހީތެރިވެދީ ބަދަލު ދެނީ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ އެއްޗެއްސަށް ލިބޭ ގެއްލުމަށް ކަމަށެވެ. އަދި، ހާލުގަިއ ޖެހޭ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ވެސް މާލީ އެހީ ދޭ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، ގޭތެރޭ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުތަކަށް ލިބޭ ގެއްލުން ވަޒަންކުރުމަށްފަހު ބަދަލު ދޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ސައިކަލު ފަދަ ވެހިކަލްތަކައް އެންޑީއެމްއޭ އިން ބަދަލު ނުދޭ ކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިފަހަރު ވެސް އެފަދަ ނިންމުމެއް ނުނިންމާ ކަމަށެވެ.

އިއްޔެ، މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ދިރިއުޅެން އުނދަގޫވި ހާލަތަށް ދިޔަ 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިން ފޯރުކޮށްދީފައިވާ ކަަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނެފައިވެ އެވެ.

އެ ސެންޓަރުން ބުނީ ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓުކުރި ކަމަށާއި އޭގެ ތެރެއިން 554 ފަރާތުން އެދުނީ ފެން ވަނުން މައިތިރިކުރަން ވެލި ބަސްތާ ޖަހައި ދިނުމަށް ކަމަށެވެ.

މިއީ އެންޑީއެމްއޭ އިން އިއްޔެ ނެރުނު ތަފާސްހިސާބުތަކެވެ. އޭގެ ފަހުން އެ އިދާރާއިން އަޕްޑޭޓެއް އާންމުކޮށްފައެއް ނުވެ އެވެ.

33.33%

0.00%

66.67%

0.00%

މި ލިޔުން ކިޔާލުމުން


ރައްޔިތުމީހާ

3 months ago

ކޮންމެ ގައުމެެއްގަވެސް، ވެހިކަލް އަށް ލިބޭ ގެެއްލުން ފޫބައްދަން އޮންނަނީ އިންޝޫރަންސް. ވެހިކަލް އިންޝޫރަންސް ކުރާގޮތަކުން ހުރިހާ ބަދަލެއްވެސް ލިބޭނެ.

ހަސަންދީ

3 months ago

ގެއްލުމެއް ލިބޭއިރަށް ބަދަލުދޭން އޮންނަ ތަނެއްނޫން ސަރުކާރަކީ. އިންޝޫރެންސް އޮންނަނީ ކަމަކު. އިންޝޫރެންސް ގެ ރަނގަޅު ޕެކޭޖެއް ނެގީމަ ގެއްލުން ކުޑަކުރެވޭނެ. ދުނިޔޭގެ ގައުމުތަކުގަ މިކަންކޮށްއުޅޭގޮތް ނޭގޭ މީހުން ގިނަވީމަ މައްސަލައަކީ.


މުލޭ

3 months ago

އިންޝުއަރެންސް ކުންފުނިތަކަކީ ރާއްޖޭގައި މީހުން ފެލަން ހިންގާ ތަންތަންތަ!. އެކްސިޑެންޓެއްވިޔަސް އަމިއްލަ ޖީބުން ތިންވަނަ ފަރާތަަށް ވެސް ފައިސާ ދޭން މިޖެހެނީ. 2500 އަށްވުރެ އިތުރުނުވާތީއޭ ބުނަނީ. މި އިންޝުއަރެންސްގެ އެއްވެސް ބޭނުމެއް ނުފުދޭ.

ީއިންސިއުރެންސް

3 months ago

މާތްކަލާންކޯ ކޮބައިތަ ރައްޔިތުން އަތުން ފޭރޭން ކުއްޓި ގާނޫނުގެ ދަށުން މަޖޫބޫރުކޮށްގެން ލާރިކާ އިންސުއަރެންސް ކުންފުނިތަށް އަޅެ މިވާގަެުމެއްތަ؟ ރައްޔިތުން ރުހުމާދެކޮޅަށް ސީދާ މަސައްކަތްކުރާ މަޖީލިހެއް ނޯންނާނެ މިނޫނިއްޔާ ދޯ