Advertisement

ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް: ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ

1 ޖަނަވަރީ 2025 - 15:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވާރޭވެހޭތީ މީހަކު ވާރޭ ކޯޓެއް ލައިގެން: މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި -- ފޮޓޯ: އަދަދު ފައިލް


ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް: ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ

1 ޖަނަވަރީ 2025 - 15:36 0

ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ލެޔޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން ޔެލޯ އެލާޓް ނެރެފައި ވަނީ މެންދުރު 02:00 އިން ފެށިގެން އިރުއޮއްސި 06:30 ގެ ނިޔަަލަށެވެ.

އާ އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ބާރުގަގަދަވާނެ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މޫސުން ގޯސްވާނީ ސްރީ ލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށެވެ.

ޖެނުއަރީ 5، އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ހުރިހާ އެންމެން ވެސް، އަދި ވަކިން ހާއްސަކޮށް ކަނޑު ދަތުރުކުރާ މީހުން މޫސުމާ ގުޅޭގޮތުން ނެރޭ މައުލުމާތުތަކަށް ސަމާލުވުމަށް މެޓުން ވަނީ އެދިފަ އެވެ.