Advertisement

ސްކިން 1004 އުފެއްދުމެއް ގަނެގެން އަގުހުރި ހަދިޔާއެއް

1 ޖަނަވަރީ 2025 - 08:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސްކިން 1004 އުފެއްދުމެއް ގަނެގެން އަގުހުރި ހަދިޔާއެއް

1 ޖަނަވަރީ 2025 - 08:19 0

އާ އަހަރަށް މިއީ އެންމެ ރަނގަޅު އެއް ހަދިޔާ އެވެ. ކޮރެއާގެ ސްކިންކެއާ މަރުކާ، ސްކިން 1004ގެ އުފެއްދުންތައް ގަނެގެން އަގުހުރި ހަދިޔާއެއް ހޯދުމުގެ ފުރުސަތު އެ ވަނީ ހުޅުވާލައިފަ އެވެ.

ގުދުރަތީ އުފެއްދުންތަކުގެ ތާސީރުން ފައްކާކޮށްފައިވާ މި އުފެއްދުންތަކުގެ 400ރ. އަށް ވުރެ މަތީ ވިޔަފާރިއެއް ކޮށްފި ނަމަ އޭގެ އުފެއްދުމެއްގެ ހަދިޔާއެއް ލިބޭނެ ކަމަށެވެ.

"ސްކިން 1004 ގެ ސެންޓެލާގެ އުފެއްދުމެއް ގަންނަން 400ރ. ހަރަދުކޮށްގެން ހަދިޔާއެއް ލިބޭނެ. މާނައަކީ 800ރ. އަށްވުރެ މަތިން ވިޔަފާރި ކޮށްފިނަމަ ދެ ހަދިޔާއެއް ލިބިގެންދާނެ،" އެ ފިހާރައިން ބުންޏެވެ.

އާ އަހަރު ފާހަގަ ކުރުމާއެކު އިއްޔެ ފެށި މި ޕްރޮމޯޝަން ޖެނުއަރީ 10، ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ގުދުރަތީ އަދި ހަމަށް ރައްކާތެރި މާއްދާތައް އެކުލެވޭ ފޯމިއުލާ ބޭނުންކޮށްގެން އުފައްދާ ކޮރެއާގެ މަޝްހޫރު ސްކިންކެއާ ބްރޭންޑް "ސްކިން 1004" އުފެއްދުންތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ވެސްޓްރޭޑެވެ. އެ ކުންފުނީގެ އައިޑިއާ ފިހާރަ ހުންނާނީ އަމީރުއަހުމަދު މަގުގަ އެވެ. އަދި ފުވައްމުލަކުގަ އެވެ.

ގިނަ ގައުމުތަކެއްގައި، ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކަމާއި މަގުބޫލުކަން ހޯދި މި މަރުކާގެ ސިއްރަކީ ގުދުރަތީ މާއްދާތަކުގެ ތާސީރާއި ރައްކާތެރިކަމުގެ މާއްދާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކުގެ އަޖުމަ، ދެ ޖިންސްގެ ކަސްޓަރަމުން ވެސް ތަޖުރިބާކޮށް، ނަތީޖާ މުޖައްރިބު ވުމެވެ.

އުފެއްދުންތަކާއި ބޭނުން

  • ‎އާދައިގެ ހަން ހުންނަ މީހުންނަށް: ހަމުގެ ތާޒާކަން ދަމަހައްޓަން އެންމެ ރަނގަޅީ ސެންޓެލާ އުފެއްދުންތައް.
  • ‎ހަން ކުރަކި މީހުންނަށް: ހަޔަލޫ-ސިކާ އާއި ޕްރޯބަޔޯ-ސިކާ އުފެއްދުންތަކުން ހަމަށް ބޭނުންވާ ދުޅަހެޔޮކަމާއި ހައިޑްރޭޝަން ލިބޭ.
  • ‎ތެޔޮ ހަން ހުންނަ މީހުންނަށް: ޕޯމައިޒިން އުފެއްދުންތައް ބޭނުންކޮށްގެން ހަމުގައި އިތުރަށް ހުންނަ ސީބަމް އާއި ފޯޒްތައް މަދުކޮށްދޭ.
  • ‎ފަސޭހައިން ބިހި ނަގާ ހަން ހުންނަ މީހުންނަށް: ޓީ-ޓްރައިކާ އުފެއްދުންތަކުން ބިހި މަދުކޮށްދޭ.
  • ‎ކުރަަކި ހަމާއި ތެޔޮ ހަން ހުންނަ މީހުންނަށް: ކުރަކި ހަމަށް ސެންޓެލާ ލައިންގެ އުފެއްދުންތައް އަދި ތެޔޮ ހަމަށް ޓީ-ޓްރައިކާ އުފެއްދުންތައް.