Advertisement

މޫނުގެ ގުދުރަތީ ރީތިކަން ފުރިހަމަ ކޮށްލަދޭ "ލަކާ" ރާއްޖޭގެ ބާޒާރަށް

about 2 hours 0


މޫނުގެ ގުދުރަތީ ރީތިކަން ފުރިހަމަ ކޮށްލަދޭ "ލަކާ" ރާއްޖޭގެ ބާޒާރަށް

about 2 hours 0

ކޮރެއާގެ "ލަކާ" އަކީ ޒީނަތްތެރިވުމުގެ ސިނާއަތުގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑެވެ. މި ބްރޭންޑަކީ ފެންވަރު ރަނގަޅު، ސާދާ އަދި ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކެއް ބާޒާރަށް ނެރެމުން އަންނަ ބްރޭންޑެކެވެ.

ލަކާގެ އުފެއްދުންތައް ބިނާވެފައިވަނީ ބޭނުންކޮށްލަން ފަސޭހަ، ގުދުރަތީ ކުލަތަކެއްގެ މައްޗަށެވެ. މީގެ ސަބަބުން، މޫނުގެ އަސްލު ސިފަތައް ފޮރުވާލުމުގެ ބަދަލުގައި، މި އުފެއްދުންތަކުން މޫނުގެ ގުދުރަތީ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ.

ލަކާގެ މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ "ސޯލް ވީގަން ލިޕް ބާމް" އަކީ 100 ޕަސެންޓު ވީގަން ސެޓިފައިޑް އުފެއްދުމެކެވެ. މިއީ ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ތުންފަތަށް ބޭނުންވާ ތެތްކަމާއި ކާނާ ފޯރުކޮށްދޭ، އަދި ތުންފަތް އޮމާންކޮށްދޭ އެއްޗެކެވެ.

މީގެ އިތުރުން، އެ ބްރޭންޑްގެ "ފްރޫޓީ ގްލޭމް ޓިންޓް" އަކީ 10 ވައްތަރެއްގެ މޭވާގެ ދިޔަ (ލައިމް އަދި ރާސްބެރީ ފަދަ) އަދި 'ސްކޮލޭން' ހިމަނައިގެން އުފައްދާފައިވާ އުފެއްދުމެކެވެ. މީގެ ސަބަބުން، މޭކަޕް ބޭނުންކުރާ ވަގުތު ހަމައެކަނި ރީތިކޮށް ފެނުމުގެ ބަދަލުގައި، ހަމުގެ އޮމާންކަންވެސް އިތުރުކޮށްދެއެވެ.

ލަކާގެ ކަލެކްޝަންގައި ތަފާތު ވައްތަރުގެ ލިޕްސްޓިކް، ލިޕް ބާމް، އައިޝެޑޯ ޕެލެޓް އަދި ބްލަޝް ފަދަ ގިނަ އުފެއްދުންތަކެއް ހިމެނެއެވެ.

މި އުފެއްދުން ރާއްޖެއަށް އެތެރެކުރީ ވެސްޓްރޭޑުންނެވެ. ވެސްޓްރޭޑު ހުންނާނީ އަމީރުއަހުމަދު މަގު (ނަސަންދުރާއާ ކައިރީގައި) ކައިރީގަ އެވެ. މި އުފެއްދުންތައް ވެސްޓްރޭޑުގެ ފިހާރަ، އައިޑިއާގެ އިތުރުން މާލޭގެ ސުޕް މާޓުތަކާއި އެހެން ބައެއް ފިހާރަތަކުން ވެސް ލިބޭނެ އެވެ.

އައިޑިއާ ފިހާރަ ހުންނާނީ މަޖީދީމަގު (ސީކްރެޓް ރެސިޕީ ކައިރީގައި) ގަ އާއި ހުޅުމާލޭ ވިނަރެސް ފްލެޓުގެ އަދި ފުވައްމުލަކުގަ އެވެ.