Advertisement

ގައުމީ ވޮލީ ލީގު: ސިޓީ އާއި އެޗްޑީސީ އަށް މޮޅެއް

29 ޑިސެންބަރު 2024 - 12:55 0


ގައުމީ ވޮލީ ލީގު: ސިޓީ އާއި އެޗްޑީސީ އަށް މޮޅެއް

29 ޑިސެންބަރު 2024 - 12:55 0

ގައުމީ ވޮލީ ލީގުގެ ފުރަތަމަ މެޗުތައް ސްޕޯޓްސް ކްލަބް ސިޓީ އާއި ކްލަބް އެޗްޑީސީ އިން ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

އިއްޔެ ހަވީރު ފުރަތަމަ މެޗުގައި ސިޓީ އިން ނުކުތީ ބްލޫޫސް ފޯ ވޮލީބޯލް ޓީމާއި ދެކޮޅަށެވެ. އެ މެޗު ސިޓީ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-22, 25-20 އަދި 25-22 އިންނެވެ.

ދެވަނަ މެޗުގައި އެޗްޑީސީން ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. މި މުބާރާތައް ޕޮލިސް ކްލަބް ނުކުތްއިރު, އެ ޓީމުން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެންދިޔައީ 2019 ވަނަ އަހަރުގެ ފަހަން އެ ޓީމާ ހުޒާމް ގުޅުމެވެ. މީގެ ކުރިން 2019 ވަނަ އަހަރު ހުޒާމް ކުޅެފައިވަނީ ޕޮލިސް ކްލަބަށެވެ.

މި މެޗުގެ ފުރަތަމަ ސެޓު އެޗްޑީސީ އިން ވަނީ 25-20 ގެންގޮސްފަ އެވެ. އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގައި ޕޮލިސް ކްލަބުން ވަނީ ތަފާތު މޮޅަށް ކުޅެ 25-23 އިން ސެެޓު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައި ޕޮލިސް ކްލަބް ފެނިގެންދިޔައީ ދަށް ކޮށެވެ. އޭގެ ފައިދާ ނަގާ އެޗްޑީސީ އިން ވަނީ 25-20 އަދި 25-17 މި ދެ ސެޓު ކާމިޔާބު ކޮށްފަ އެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބުން ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ޕޮލިސް ކްލަބުން ނުކުންނާނީ ބްލޫސް ފޯ ވޮލީބޯލް އާ ދެކޮޅަށެވެ.