28 ޑިސެންބަރު 2024 - 09:40 0
ލީވާން އަލީ ނާސިރު
އއ. ތޮއްޑޫ
28 ޑިސެންބަރު 2024 - 09:40 0
އއ. ތޮއްޑޫގައި މަސައްކަތް ކުރާ ތައިލެންޑް އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ބިދޭސީ އަންހެން މީހާގެ ސްޕޮންސަރު އޭނާއަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ އެ އިދާރާއަށް ހުށަހެޅީ އިއްޔެ 18:50 ހާއިރު ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
އެ ބިދޭސީ އަންހެން މީހާ ރޭޕް ކުރަން އުޅުނު ކަމަށް ބުނާ ވާހަކަތައް ފުލުހުން ވަނީ ދޮގު ކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment