Advertisement

ނަވާސް ލިބުނު ތަށްޓަށް ވުރެ ބޮޑު އުފަލަކީ ހާސިލްވި އިހުތިރާމް

about 14 hours 0


ނަވާސް ލިބުނު ތަށްޓަށް ވުރެ ބޮޑު އުފަލަކީ ހާސިލްވި އިހުތިރާމް

about 14 hours 0

ސެވިލް، ސްޕެއިން (ޑިސެމްބަރު 26) - ފުޓްބޯޅައިން ރިޓަޔާކުރިއިރު، އޭނާ އަށް ލިބުނު ތަށިތަކަށް ވުރެ ބޮޑު އުފަލަކީ ފުޓްބޯޅައިން އޭނާ އަށް ލިބުނު އިހުތިރާމް ކަމަށް ސްޕެއިންގެ ލެޖެންޑަރީ ތަރި، ހެސޫސް ނަވާސް ބުނެފި އެވެ.

ސެވިއްޔާ އާއި މެންޗެސްޓާ ސިޓީ އަދި ސްޕެއިނުގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދި، ހެސޫސް ނަވާސް، 39، ރިޓަޔާކުރީ، އުނަގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޑޮކްޓަރުންގެ ލަފާގެ މަތިން ހާލަތު ބަދަލުވެ، ކުރީގެ ފޯމުގައި ނުކުޅެވޭނެތީ އެވެ.

ފުޓްބޯޅަ ކެރިއަރުގައި ނަވާސް ކުޅުނު ފަހު މެޗަކީ، މީގެ ތިން ދުވަސް ކުރިން ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ސެވިއްޔާ އިން ކުޅުނު މެޗެވެ. މި މެޗުގައި ރެއާލްގެ ސަޕޯޓަރުން ވަނީ ނަވާސް އަށް ހާއްސަ ތަރުހީބެއް ދީފަ އެވެ.

ނަވާސް ބުނީ، ފުޓްބޯޅައިގައި އޭނާ ހަނދާނުން ނުފިލާނެ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށާއި ރެއާލުން ދިން އެ ހާއްސަ ތަރުހީބު އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.

"ފުޓްބޯޅައިގައި ލިބުނު ޓްރޮފީތައް އަބަދުވެސް ހަނދާނުގައި ހުންނާނެ. އެކަމަކު، އެއީ އެއް ނޫން އަހަންނަށް ހާސިލްވި އެންމެ ބޮޑު ކަމަކީ، އެންމެ ބޮޑު ކަމަކީ ކުޅުން ހުއްޓާލާފައި ދާއިރު އަހަންނަށް ލިބުނު ލޯތްބާއި އިހުތިރާމް،" ނަވާސް ބުންޏެވެ.

ވިހި އަހަރުގެ ދިގު ކެރިއަރުގައި ނަވާސް ވަނީ، އޭނާގެ ފުރަތަމަ ޕްރޮފެޝަނަލް ކްލަބް، ސެވިއްޔާ އަށް 705 މެޗު ކުޅެދީފަ އެވެ. އެ ކްލަބަށް ދެ ފަހަރެއްގެ މަތިން ކުޅުނު ނަވާސް ވަނީ، އެ ޓީމާ އެކު ހަތް ޓްރޮފީ ހޯދައިފަ އެވެ.

ސީނިއާ ކެރިއަރުގައި ވިހި އަހަރު މަތީ ފަންތީގައި ކުޅުނު، ނަވާސް ވަނީ މެންޗެސްޓާ ސިޓީއާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ނަވާސް އަކީ، ފުޓްބޯޅަ ތާރީހުގައި ވެސް ފީފާ ވޯލްޑް ކަޕް، ޔޫރޯ އަދި ޔުއެފާ ނޭޝަންސް ލީގު ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.