Advertisement

ސިޔާމްގެ އެމެރަލްޑް ރިސޯޓްސް 20,000ރ. އިން ޖޫރިމަނާކޮށްފި

about 20 hours 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސިޔާމްގެ އެމެރަލްޑް ރިސޯޓްސް 20,000ރ. އިން ޖޫރިމަނާކޮށްފި

about 20 hours 0

ތިމާވެއްޓަށް ކުރާ އަސަރުތައް ދެނެގަންނަން ތައްޔާރުކުރާ އެންވާރަމަންޓަލް އެސެސްމަންޓު އިމްޕެކްޓް (އީއައިއޭ) ގެ މަރުހަލާތައް ފުރިހަމަ ނުކޮށް އޮޅުވެލި ބީޗް ރިސޯޓް އެންޑް ސްޕާ އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުން އެ ރިސޯޓު ހިންގާ ކުންފުނިން ޖޫރިމަނާ ކޮށްފި އެވެ.

ދެކުނު މާލެ އަތޮޅުގައި އޮންނަ އޮޅުވެއްޔަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމެރަލްޑް ރިސޯޓްސް އިން ހިންގާ ރިސޯޓެކެވެ.

އޮޅުވެލި ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުން އެކަން ބަލައި އަދި އެމެރަލްޑާއެކު ބަދަލުކުރި ލިޔެކިޔުންތަކުން އެ މަސައްކަތް ކުރަމުންދަނީ ގާނޫނާ ގަވާއިދާ ހިލާފަށްކަން އެނގިފައިވާ ކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ވަނީ ބުނެފަ އެވެ.

އެހެންވެ, 20,000ރ. އިން އެމެރަލްޑް ރިސޯޓްސް ޖޫރިމަނާ ކުރުމުން އެ ފައިސާ ޑިސެމްބަރު 18, ގައި ދައްކާފައިވާ ކަމަށް ވެސް އީޕީއޭއިން ބުނެ އެވެ.