Advertisement

އެޓަލަންޓާ އިން އެއް ވަނަ މަގާމު ދަމަހައްޓައިފި، ޔުވެންޓަސް އަށް މޮޅެއް

about 7 hours 0


އެޓަލަންޓާ އިން އެއް ވަނަ މަގާމު ދަމަހައްޓައިފި، ޔުވެންޓަސް އަށް މޮޅެއް

about 7 hours 0

މިލާން (ޑިސެމްބަރު 23) - އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ އަތުން 3-2 އިން މޮޅުވެ، އެޓަލަންޓާ އިން ލީގުގެ އެއް ވަަނަ މަގާމު ދަމަހައްޓައިފި އެެވެ.

ރޭގެ މޮޅާ އެކު، އެޓަލަންޓާ އިން އެއް ވަނައިގައި އޮތީ 17 މެޗުން 40 ޕޮއިިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 17 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އިންޓަ މިލާނުން ވަނީ 15 މެޗުން 34 ޕޮއިންޓް ހޯދައިފަ އެވެ. އިންޓަ އިން މެޗު ހަމަކުރާއިރު، އެޓަލަންޓާއާ ޕޮއިންޓުން އެއްވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.

ލީގުގައި ރޭ އެމްޕޮލީން ވަނީ ލޮރެންޒޯ ކޮލަމްބޯގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ފުރަތަަމަ ހާފު ނިމުމުގެ ކުރިން އެޓަލަންޓާ އިން ވަނީ ޗާލްސް ޑި ކަޓަލެއާ އާއި އަޑެމޯލާ ލުކްމަންގެ ގޯލުތަކުން ނަތީޖާ އަނބުރާލައިފަ އެވެ. ދެ ވަނަ ހާފުގައި ސަބެސްޓިއާނޯ އެސްޕޮސީޓޯ ވަނީ އެމްޕޮލީ އަށް ޕެނަލްޓީ އަކުން އެއްވަރުކޮށްދީފަ އެެވެ. އެކަމަކު، ޑި ކަޓެލެއާ ވަނީ ގޯލެއް ޖަހައި އެޓަލަންޓާ މޮޅުކޮށްދީފަ އެވެ.

އެޓަލަންޓާ އިން މީގެ ކުރިން އިޓާލިއަން ލީގު ކާމިޔާބުކޮށްފައެއް ނުވެ އެވެ. އެ ޓީމުން މިހާތަނަށް ހޯދާފައިވާ ކާމިޔާބަކީ، 1963 ވަނަ އަހަރު އިޓާލިއަން ކަޕާއި މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގެވެ.

މޮންޒާ އަތުން ޔުވެންޓަސް މޮޅުވެފައިވަނީ، 2-1 އިންނެވެ. ޔުވެންޓަސްގެ ލަނޑުތައް ޖެހީ، ވެސްޓަން މެކްކެނީ އާއި ނިކޯ ގޮންޒާލޭޒް އެވެ. މޮންޒާގެ ގޯލު ޖެހީ، ސަމުއެލް ބްރިންޑެލީ އެވެ. މި މޮޅާ އެކު، ޔުވެންޓަސް އޮތީ، 17 މެޗުން 31 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.