about 6 hours 0
ލީވާން އަލީ ނާސިރު
ހުޅުމާލެ
about 6 hours 0
ވިޔަފާރި ބޭނުމަށް ހުޅުމާލޭން ދޫކޮށްފައިވާ ބިންތަކުގެ ކުލި އަދި ސީއެސްއާރު ފައިސާ ކަނޑައެޅުމުގައި ހަމައެއް، އިންސާފެއް ނެތްކަން ހާމަވެއްޖެ އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ފަޒުލް ރަޝީދު ހުންނެވިއިރު އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ލިޔުންތަކެއް އަދަދު ނޫހަށް ވަނީ ލިބިފައެވެ. އެ ނިންމުންތަކުން އެނގޭ ގޮތުގައި ހުޅުމާލޭން ބޮޑެތި ބިންތައް ދިގު މުއްދަތަށް ދޫކުރުމުގައި މަހު ކުލި އަދި ސީއެސްއާރު ކަނޑައެޅުމުގައި ވެސް ގެންގުޅިފައި ވަނީ ފަރަގު ބޮޑު ރޭޓުތަކެކެވެ.
ކުންފުންޏަށް 9163 އަކަފޫޓުގެ ބިމެއް 50 އަހަރަށް ކުއްޔަށް ދީފައި ވަނީ އަކަފޫޓެއް 5 ރުފިޔާގެ ރޭޓުންނެވެ. އެ ކުންފުނިން ސީއެސްއާރުގެ ގޮތުގައި ދައްކަން ޖެހެނީ އަކަފޫޓަކަށް 55.8ރ. އެވެ. އެހެންވެ، އެ ކުންފުނިން މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 45،815ރ. އެވެ. އަދި ސީއެސްއާރުގެ ގޮތުގައި ދޭން ޖެހޭނީ 511،000ރ. އެވެ.
އެ ސައިޒުގެ ބިމެއް އެހެން ކުންފުންޏަކަށް ދީފައިވަނީ މަހު ކުލީގެ ގޮތުގައި އަކަފޫޓެއް 18ރ. އަށެވެ. އެ ކުންފުނިން ސީއެސްއާރުގެ ގޮތުގައި ދައްކަން ޖެހެނީ އަކަފޫޓަކަށް 120ރ. އެވެ. އެހެންވެ އެ ކުންފުނިން ކުލީގެ ގޮތުގައި މަހަކު 164000ރ. ދައްކަން ޖެހޭއިރު، ސީއެސްއާރުގެ ޖުމުލަ 1 މިލިއަނަަށް ވުރެ މައްޗަށް އަރަ އެވެ.
ލަގްޒަރީ ހައުސިން ޕްރޮޖެކެޓެއް ހިންގަން ދޫކޮށްފައިވާ ބިމަކަށް ސީއެސްއާރުގެ ގޮތުގައި ޖުމުލަ 5 މިލިއަން ރުފިޔާ ދައްކަން ބޯޑު ފާސްކޮށްފައިވެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔަކަށް ހުޅުމާލޭން ދޫކޮށްފައިވާ ދެ ބިމެއްގެ ކުލީގެ ގޮތުގައި އަކަފޫޓެއް 18ރ. އަށް ހަމަޖައްސާފައި ވާއިރު، އޭނާ ސީއެސްއާރުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައަޅާފައި ވަނީ އަކަފޫޓެއް 240ރ. ރޭޓުންނެވެ.
މިކަންކަން ހާމަ މިވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލޭން ގޯތިތަކެއް ވަގަށް ދީފައިވާކަން ފަޅާއަރައި، އެ މައްސަލާގައި އެޗްޑީސީ ޗެއަމަން ފިޔަވައި ބޯޑުގެ އެހެން މެންބަރުން ސަސްޕެންޑުކޮށް އަދި ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް އިސްތިއުފާ ދީފައި ވަނިކޮށެވެ.
ނިއުޅެމުުންދާ މި މައްސަލައިގައި އެޗްޑީސީގެ 15 ސްޓާފަކު އިއްޔެ ވަނީ ވަކި ވެސް ކޮށްފަ އެވެ.
Comment