ގުރައިދޫއިން ނިޔާވި ތުއްތު ކުއްޖާ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި

22 ޑިސެންބަރު 2024 - 14:12 1

ލީވާން އަލީ ނާސިރު

ލ

ކ. ގުރައިދޫ: އެ ރަށުން މަރުވި ތުއްތު ކުއްޖާގެ އޮޓޮޕްސީ ހެދުމަށްފަހު ވަނީ ވަޅުލާފައި -- ފޮޓޯ؛ ފައިލް


ގުރައިދޫއިން ނިޔާވި ތުއްތު ކުއްޖާ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި

22 ޑިސެންބަރު 2024 - 14:12 1

ކ. ގުރައިދޫއިން ނިޔާވި ހަތަރު މަހުގެ ތުއްތު ކުއްޖާގެ އޮޓޮޕްސީ ހެދުމަށްފަހު އެ ކުއްޖާ ވަޅުލައިފި އެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން އޮޓޮޕްސީ ހެދުމަށްފަހު އަނބުރާ ރާއްޖެ ގެނެސް އާއިލާއާ ހަވާލު ކުރީ މިއަދު ކަމަށެވެ.

އެ ކުއްޖާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސް ވަޅުލީ ހުޅުމާލޭ ސަހަރާގަ އެވެ.

ޑިސެމްބަރު 13، ވަނަ ދުވަހުގެ ރޭ ނިޔާވި އެ ކުއްޖާގެ އޮޓޮޕްސީއެއް ހަދަން ފުލުހުން ނިންމީ އެ ކުއްޖާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށް ފުލުހުން ކުރިން ބުންޏެވެ.

ގުރައިދޫގެ ކައުންސިލަރު އިބްރާހިމް ޝަލީޒް "އަދަދު" އަށް ވިދާޅުވީ އެ ކުއްޖާ އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.

ނަމަވެސް އިބްރާހިމް ޝަލީޒް ވިދާޅުވި ގޮތުގައި ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ ކަމެއް ފާހަގަ ނުކުރެވެ އެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތައް އަދި މަރުތައް ފުލުހުން އާންމު ގޮތެއްގައި ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރެ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ސައިޚް

3 months ago

ސީރިއަސްކޮއް ތަހުގީގުކުރޭ އެކަމުން އެއްވެސް ނަތީޖާއެއްނުފެނޭ، ފަހުން ވާނުވާއެއްނޭންގޭ،