21 ޑިސެންބަރު 2024 - 18:11 1
ލީވާން އަލީ ނާސިރު
ހޮޅުދޫގައި ރައްޔިތުން ޕޮލިސް ސްޓޭޝަން ކައިރީ އިހުތިޖާޖު ކުރާ މީހަކު ޕޮލިސް ސްޓޭޝަންގެ ދުމަތީގައި. -- ފޮޓޯ: ފޭސްބުކް
21 ޑިސެންބަރު 2024 - 18:11 1
މިދިޔަ ބުރާސްފަތި ދުވަހު ނ. ހޮޅުދޫގައި ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ނުބަލާ ކަމަށް ބުނެ، ރައްޔިތުން އެރަށުގެ ޕޮލިސް ސްޓޭޝަން ކައިރީ އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ހޮޅުދޫން "އަދަދު" ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އެ އިހުތިޖާޖު ކުރަން ފެށީ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) އެއް ނެތް ކަމަށް ބުނެ، މާރާމާރީގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ނުބަލައި ދިގުލައިގެން ދާތީ، އެކަން އަވަސް ކުރުވަން ކަމަށެވެ.
"މައްސަލަ އަވަސްކޮށް ދޭން ރޭގައި ވެސް އެދުނިން. ބުނަނީ އައިއޯއެއް ނެތޭ. މިއަދު އައިއޯއެއް ގެނެސް ބަޔާން ނަގާނެ ކަމަށް ވެސް ބުނި. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އެހެންވެގެން އިހުތިޖާޖު ކުރަނީ،" އޭނާ ބުންޏެވެ.
އެ ރަށުގެ ރައްޔިތުން ކަންބޮޑުވެގެން އުޅެނީ އެރަށުން މަރުވެފައި އޮތް ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ މަރުގެ މައްސަލައަށް އިންސާފު ނުލިބޭ ކަމަށް ބުނެ ވާހަކަ ދައްކަމުން ދިޔަ މީހަކަށް ހަމަލާ ދިން މައްސަލައެކެވެ.
"ޒަކިއްޔާގެ މަރަކީ އަމިއްލައަށް ނުކުރެވޭނެ ކަމެކޭ ބުނަން ދަތި"
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް ފުލުހުން ބުނި. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެއް.
"ޒަކިއްޔާގެ މަރަކީ އަމިއްލައަށް ނުކުރެވޭނެ ކަމެކޭ ބުނަން ދަތި"
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް ފުލުހުން ބުނި. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެއް.
މި ނޫހަށް މައުލޫމާތު ދިން މީހާ ބުނީ ބުރާސްފަތި ދުވަހު ހިނގި އެ މާރާމާރީގައި އަނިޔާވި މީހާއަށް އެ ރަށު ހެލްތު ސެންޓަރުން ފަރުވާ ވެސް ދޭން ޖެހުނެވެ. އެ މާރާމާރީ ތަހުގީގު ނުކުރާއިރު، ތުހުމަތުވާ މީހާ ހައްޔަރެއް ވެސް ނުކުރެ އެވެ.
ހޮޅުދޫގައި ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ފުލުހުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުންތަކާއި ޝަކުވާ ތަކައިގެން ބަޔަކު މީހުން ޕޮލިސް ސްޓޭޝަން ކައިރީ އަޑުގަދަ ކުރަމުން ގޮސްފައިވާ ކަމަށެވެ.
0.00%
33.33%
66.67%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment