about 12 hours 2
ލީވާން އަލީ ނާސިރު
ރަޖުނީ ޝުއައިބު: އިކޮނޮމިކް ކްރައިމް ހެޑްގެ މަސްއޫލިއްޔަތުތަކުން ވަނީ އެކަހެރިކޮށްފައި -- ފޮޓޯ: ޕޮލިސް
about 12 hours 2
ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް މަގާމުގެ މަސްއޫލިއްޔަތުތަކުން ވިނަރެސްއިން ފްލެޓު ގަތް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވަގުތީ ގޮތުން އެކަހެރި ކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް މަގާމުގެ މަސްއޫލިއްޔަތު ރަޖްނީ އަތުން ނަގައި، އެހެން މީހަކާ ވަގުތީ ގޮތުން ހަވާލު ކޮށްފައިވާ ކަމަށެވެ.
ރަޖްނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރީ ވިނަރެސްއިން ފްލެޓު ގަތް މައްސަލައިގައި ގޯހުން ކަމެއް ކޮށްފައިވޭތޯ ބެލުމަށް ފުލުހުން ތަހުގީގެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން އެ ބަދަލަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެއް ކަމަށް ޝިފާން ވިދާޅުވި އެވެ.
"މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭގޮތުން މިޚިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި، އެފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫންކަމުގައިވެސް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ރަޖްނީގެ މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުތަކަކާ ގުޅިގެންނެނެވެ. އަދި އެ މައްސަލަ ފެންމަތިވީ، ގޯތި ވައްކަމުގެ ތަހުގީގާ ގުޅޭ މައުލޫމާތު ދޭން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެވެ.
"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން އިއްޔެ ލީކުކޮށްލި ވިނަރެސް ލިސްޓުގައި ރަޖުނީގެ އިތުރުން އެހެން ފުލުހުން ވެސް ހިމެނޭކަން އެނގިފައިވެ އެވެ. އެ ފުލުހުން ފްލެޓު ގަތުގައި އުސޫލާ ހިލާފުން ކަމެއް ކޮށްފައިވޭތޯ، ފުލުހުން ބަލަމުންދާ ކަމަށް އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓާއި މިހާރުގެ މެނޭޖުމެންޓުން ބުނެފައިވާ ގޮތުން، ވިނަރެސްއިން ފްލެޓު ދޫކުރަން ކަނޑައެޅި އެންމެންނަށް ފްލެޓު ދޫކޮށް، ބާކީ 123 ފްލެޓެއް ހުއްޓެވެ. އެހެންވެ، އެ ފްލެޓުތައް ވިއްކަން ނޮވެމްބަރު 5، 2023، ގައި ހުޅުވައިލި އެވެ.
އެޗްޑީސީއަށް އަމާޒުކޮށް ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަމަށް ބުނެ އުސޫލުން ބޭރުން ބިންތަކެއް ދިނުމާއި ނުއަގުގައި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ބިން ވިއްކުން އަދި މަޝްރޫއުތަކުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރުމެވެ.
ގޯތި ވައްކަމުގެ މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ބަލަމުންނެވެ.
Comment