Advertisement

ލ. ގަމުގައި 52 ކޮޓަރީގެ އިކޯ-ލަގްޒަރީ ހޮޓަލެއް އަޅަން ސޮއިކޮށްފި

21 ޑިސެންބަރު 2024 - 15:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލ. ގަމުގައި 52 ކޮޓަރީގެ އިކޯ-ލަގްޒަރީ ހޮޓަލެއް އަޅަން ބައިސަން ޓްރެވެލްސްއާ ހަވާލު ކުރުން -- ފޮޓޯ: ގަމު ކައުންސިލް


ލ. ގަމުގައި 52 ކޮޓަރީގެ އިކޯ-ލަގްޒަރީ ހޮޓަލެއް އަޅަން ސޮއިކޮށްފި

21 ޑިސެންބަރު 2024 - 15:10 0

ލ. ގަމުގައި 52 ކޮޓަރީގެ އިކޯ-ލަގްޒަރީ ހޮޓަލެއް އަޅަން ބައިސަން ޓްރެވެލް މޯލްޑިވްސް އާއި ލ. ގަން ކައުންސިލާ ދެމެދު ސޮއިކޮށްފި އެވެ.

ގަމުގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިސަން ޓްރެވެލް މޯލްޑިވްސްގެ އިސްވެރިންނާއި ގަމު ކައުންސިލުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

ގަމު ކައުންސިލުން ބުނީ އެ މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ފަޒީފާގެ ފުރުސަތުތައް ހުޅުވި، ރަށުގެ އިގްތިސާދަށް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

މީގެއިތުރުން މަޝްރޫއުގެ ސަބަބުން ގަމުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ކައުންސިލުން ފާހަގަ ކުރި އެވެ.

އެ އެއްބަސްވުމުގެ ދަށުން ގަމުގައި އަޅާ ހޮޓަލުގައި ލަގްޒަރީ ޑުޕްލެކްސް ގެސްޓް ވިލާ އާއި ކޮފީ ބާގެ އިތުރުން ޑައިނިން ފެސިލިޓީ އަދި ސްވިމިން ޕޫލަކާއި ރެކްރިއޭޝަނަލް ސަރަހައްދެއް ވެސް ގާއިމު ކުރާނެ އެވެ.

ލ. ގަމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަތް ކުރާ އަތޮޅަކަށްވާއިރު، އެ ރަށުގައި ގިނަ އަދަދެއްގެ ގެސްޓްހައުސްތައް އަންނަނީ ހިންގަމުންނެވެ.