21 ޑިސެންބަރު 2024 - 09:44 0
ލީވާން އަލީ ނާސިރު
މާލޭގައި ފެންބޮޑުވުން: އަށް ގޭބިސީއެއްގެ 32 މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ވަނީ ހަމަޖައްސާފައި -- ފޮޓޯ: އަދަދު
21 ޑިސެންބަރު 2024 - 09:44 0
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން އަށް ގޭބިސީއެއްގެ 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ 32 މީހުންނަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއިން ބުއިން ހަމަޖައްސައިދިނީ ފެންބޮޑުވުމުގެ ސަބަބުން އެމީހުން އުޅުނު ގޭބިސީތަކުގައި ކައްކައި ކައިބޮއެ ހެދުމަށާއި ނިދާ ފާހާނާ ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ކަމަށެވެ.
"ވަގުތުން އެހީތެރިކަން ބޭނުންވާ 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާ އެކު ހެދުނު،" އެންޑީއެމްއޭ އިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލެ ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު ގެތަކުގެ އިތުރުން ފިހާރަތަކާއި ގުދަންތައް ހިމެނޭ ގޮތަށް 47 ތަނެއްގައި 229 ވެލިބަސްތާ ޖެހުނު ކަމަށެވެ.
ފެން ބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އާއި ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ދިވެހި ރެޑްކްރެސެންޓްގެ ހޮޓްލައިންތަކަށް 101 ކޯލް ލިބުނު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އިއްޔެގެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އަށް މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. މިއީ މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހުނު ރަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment