21 ޑިސެންބަރު 2024 - 06:25 2
ލީވާން އަލީ ނާސިރު
އަކުރަމް ކަމާލުއްދީން: އުސޫލުން ބޭރުން އެއްވެސް މީހަކަށް ލިޔުމެއް ދޫނުކުރާ ނުކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ
21 ޑިސެންބަރު 2024 - 06:25 2
މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން، ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގައި އިސްކޮށް އުޅުއްވި އަކުރަމް ވިދާޅުވީ ސިސްޓަމުގެ ތެރެއިން ގަވާއިދާ ހިލާފަށް، އުސޫލުން ބޭރުން އެއްވެސް މީހަކަށް ލިޔުން ދޫނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކޮށްދޭން ބޭނުންވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނޯންނާނެ. އެ ސިސްޓަމް ތެރެއިން ދުލެއް ވެސް ނުކުރެވޭނެ،" އަކުރަމް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ވަގަށް ވިއްކި މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އެކަން ފޮރުވުމަށް ކުރެއްވި ކަމެއް ކަމަށް އަކުރަމް ވިދާޅުވި އެވެ.
އެގޮތުން އަކުރަމް ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ލިޔުމަކަށް ހަވާލާދީ، ގޯތި ވައްކަމަކީ ކުރީ ސަރުކާރުން ކުރި ކަމެއް ކަމަށް ދޭހަ ކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"ކުރީ ސަރުކާރުން ކުރި އެއްޗެކޭ ހަމަ މީހަކު ބުނާ އިރަކަށް އެ ވާހަކަ ދައްކާކަށް ނުޖެހޭ ތަހުގީގެއް ނުކުރައްވާ. އަނެއްކާ މިއީ އެކަމުގައި ތުހުމަތުވާ މީހާ އެ ގޯސް ރަޖިސްޓްރީއެއް ކަމަށް ޝައްކުވެ އެމީހާ މި ގެންނަނީ. ގެނައިމަ އެމީހާ ކުރީ ސަރުކާރޭ ބުނީމަ ހާމަ ކުރައްވަން ކޮންމެހެން އެގޮތަށެއް ފޮރެންސިކް ނުހައްދަވައެއް،" އޭނާ ވިދާޅުވި އެވެ.
އޭގެއިތުރުން ފަޒުލްގެ ބޭބެ ފަޒީލް ރަޝީދުއާ ދުވަހަކު ވެސް ބައްދަލު ނުވާކަން ފާހަގަ ކުރައްވާ އަކުރަމް ވިދާޅުވީ އެކަމާ ގުޅިގެން ވެސް ފުލުހުން ހާމަ ކުރެއްވީ ދޮގެއް ކަމަށާއި ފަޒީލްއާ ބައްދަލު ކުރިނަމަ އެކަމާ ބެހޭ ޔައުމިއްޔާ ރެކޯޑުތައް ހައުސިން މިނިސްޓްރީގައި ވެސް ހުންނާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ވަގަށް ވިއްކި މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައިގައި އަކުރަމްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޖުހާ
3 months ago
އަކުރަމް މާތްﷲ އަށްބިރުވެތިވެބަލަ ލިޔުނެއްނުދެމޭބުނާއިރު
ކަރީމް އަލީ
3 months ago
ކުރިން ކޮރަޕްޝަން ނެތެކޭ ނޫން. ނަމަވެސް ގަބޫލުކުރެވޭ ހަމައަކީ ފަޒުލް ބޭބެ ނުބުނާނެ ފަޒުލްއޭ ދިނީ. ފޯޖް ޑޮކިއުމަންޓް ހަދާ މީހާ މިއަދު ލިބުނު ރަޖިސްޓްރީ ޑޭޓަކަށް ނަހަދާނެ މޮޔައެއް ނޫނީ. ކުރީން ދޫކުރި ތާރީޚަށް ހަދާނީ. މިނިސްޓްރީން ގޯސްކަމަށް ބުނީމަ ނޫނީ އޭގެ ކުރިން ގޯތީގެ ވަށާފާރު ރާނަން އެޗްޑީސީން ހުއްދަދީފަ އޮތީމަ ޔަގީންވެ މީ މިހާރުގެ ބައެއްގެ ކޮރަޕްޝަނެއްކަން
Comment